English Edition
Dhivehi Edition

ކޮވިޑް-19އާ ގުޅިގެން ފްރަންޓްލައިން ގައި މަސައްކަތް ކުރާ މީހުންގެ ތެރޭގައި މަޖިލިސް މެމްބަރުންވެސް ހިމެނޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީންއާއި މެމްބަރަކު ކުރެއްވި ސުވާލަކަށް މިނިސްޓަރު އަމީން ޖަވާބުދީ ނިމުމުންނެވެ. މި ގޮތުން މިނިސްޓްރ އަމީން އާއި މެމްބަރަކު ކުރެއްވި ސުވާލަކާއި ގުޅިގެން މަޖިލީހުގެ ރައީސް ވިދާޅުވީ ކޮވިޑްގެ ހާލަތުގައި މަޖިލިސް މެމްބަރުން ފްރަންޓްލައިންގައި މަސައްކަތްކުރައްވަމުން ނުދިޔަ ނަމަ ނިޒާމުތައް އެންމެ އަކަށީގެންވާ ގޮތުގައި ހިނގަމުން ނުދިޔައީސް ކަމަށެވެ.

އިތުރަށް ނަޝީދު ވިދާޅުވީ މަޖިލިސް މެމްބަރުން ހޯއްދެވީ ފްރަންޓްލައިން އެލަވެންސެއް ނޫން ކަމަށާއި އޭގެ ބަދަލުގައި މުސާރައިން މަދު ކުރެއްވީ ކަމަށެވެ. އެހެންކަމުން ނަޝީދު ވަނީ އެ މެމްބަރުންނަށް ޝުކުރު ދަންނަވާފައެވެ.