English Edition
Dhivehi Edition

.ނައިފަރާއި މާލެ އާއި ދެމެދު ދަތުރުކުރާ ބޯޓެއްގައި އުޅޭ ބިދޭސީއަކު ކޮވިޑް19 ޕޮޒިޓިވްވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ ނައިފަރު “މެގަ އާރު” ނަމަށްކިޔާ ބޯޓުގައި މަސައްކަތް ކުރާ ފަޅުވެރިއެކެވެ.

ނައިފަރު ކައުންސިލްގެ މެންބަރު ވިދާދު އަބްދުﷲ ވިދާޅުވީ ބޯޓުގައި އުޅޭ ބިދޭސީ މީހާ ހުރީ ހޯމް ކަރަންޓީނުގައި ނޫން ކަމަށެވެ. އަދި އޭނާގެ ކިބައިން ބަލީގެ އަލާމަތްތައް ފެނިގެން ހޯމް ކަރަންޓީނު ކުރީ މީގެ ތިން ދުވަސްކުރިން ކަމަށާއި މިއަދު އޭނާގެ ސާމްޕަލް ނެގިއިރު ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށެވެ.

ވިދާދު އިތުރަށް ވިދާޅުވީ އެ ބޯޓު މިވަގުތު އޮތީ މާލޭގައި ކަމަށާއި ބިދޭސީ މީހާ ޕޮޒިޓިވް ވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްކުރަމުން އަންނަކަމަށެވެ.