English Edition
Dhivehi Edition

ކޮވިޑް19އަށް ފަރުވާދެމުން ދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ.

އޭއޯ ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުން، ނިޔާވެފައިވަނީ ހުޅުމާލެ ކޮވިޑް މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 70 އަހަރުގެ އަންހެނެކެވެ. އޭނާގެ އާއިލާއާއި ހަވާލާދީ ‘ވަގުތު’ގައި ބުނެފައިވަނީ ނިޔާވި އަންހެން މީހާއަކީ ފުއްޕާމޭގެ މައްސަލަ އާއި ހަކުރު ބަލިވެސް ހުންނަ ހައިރިސްކް މީހެއްކަމަށެވެ.

ރޭ ފަތިހު ނިޔާވި އެ އަންހެންމީހާގެ ވާހަކަ އަދި އެޗްޕީއޭއިން އިއުލާންކޮށްފައ ނުވާއިރު މިއީ ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޮވިޑްޖެހިގެން މަރުވި 02 ވަނަ މީހާއެވެ. ރާއްޖެއިން ކޮވިޑްޖެހުނު މީހުންގެ އަދަދު 5223 އަށް އަރާފައިވާއިރު މިހާތަނަށް މި ބަލީގައި ރާއްޖެއިން 21 މީހަކު ވަނީ ނިޔާވެފައެވެ.