English Edition
Dhivehi Edition

ޔޫތް މިނިސްޓްރީގެ މުވައްޒަފަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ، އެ މިނިސްޓްރީ ބަންދުކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވެލާނާގޭގައި ހިންގާ ޔޫތް މިނިސްޓްރީ ބަންދުކޮށް މިނިސްޓްރީ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެ އޮފީސް ޑިސްއިންފެކްޓް ކުރެވުނުހާ އަވަހަކަށް އެ އޮޕީސް އަލުން ހުޅުވާ މިނިސްޓްރީގެ މަސައްކަތް ކުރިއަށް ގެންދިއުމަށްވަނީ ނިންމާފައެވެ.

ރާއްޖެއިން ކޮވިޑް19 ކޮންޓްރޯލްކުރުމަށް ގިނަ ފިޔަވަޅުތައް އަޅަމުން އަންނައިރު ލޮކްޑައުންއަށް ފަހު އޮފީސްތައް ހުޅުވުމާއެކު، އޮފީސްތަކުން މީހުން ޕޮޒިޓިވްވާ އަދަދު އަންނަނީ އިތުރުވަމުންނެވެ.