ގދ. ތިނަދޫ ސްޓޭޑިއަމް ގައި މުއައްޒަފުންގެ ދަތިކަން ހުރުމާއި އެކު އިތުރު މުވައްޒަފުންތަކެއް ނެގުމުގެ މަސައްކަތަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ޓީމެއް ތިނަދޫ އަށް އަތުވެއްޖެއެވެ.
ޓީމުގައި ހިމެނެނީ އެ މިނިސްޓްރީ ގެ އެޗް އާރު އެސިސްޓަންޓް ޑިރެކްޓަރ ފާތިމަތު އަހުމަދު، ސީނިއަރ އެޑްމިނިސްޓްރޭޓަރ މާޖިދާ އިބްރާހިމް އަދި ސްޕޯޓްސް ޑިޕާރޓްމަންޓް ސީނިއަރ ޑިވެލޮޕްމަންޓް އޮފިސަރ ހަސަން އަހުމަދު އެވެ .
އޭއޯ ނިއުސް އަށް މައުލޫމާތު ދެއްވަވަމުން ހަސަން އަހުމަދު ވިދާޅުވީ މިއީ ތިނަދޫ ސްޓޭޑިއަމް ގައި މުއައްޒަފުންގެ ދަތިކަން ހުރުމާއި އެކު އިތުރު މުވައްޒަފުންތަކެއް ނެގުމަށް އިންޓަވިއު ކުރުމަށް ކުރާ ދަތުރެއް ކަމަށެވެ. އަދި މީގެ އިތުރުން މިދަތުރުގައި ތިނަދޫ ސްޓޭޑިއަމް އަދި ގދ. ތިނަދޫ ކޮމިއުނިޓީ ސެންޓަރ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާ ލައްވާ މުއައްޒަފުންނާއި އެކު މަޝްވަރާ ބައްދަލު ވުމެއް ބާއްވާފައިވާނެ ކަމަށް ވެސް ޙަސަން އަޙްމަދު ވިދާޅުވިއެވެ.
ތިނަދޫ ސްޓޭޑިއަމް އަކީ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ތަނެކެވެ. ގިނަ ގުނަ ހަރަކާތްތަކެއް ހިންގާ މި ސްޓޭޑިއަމް ގައި މިވަގުތު ތިބީ 4 މުވައްޒަފުންނެވެ. އަދި ގދ. ތިނަދޫ ކޮމިއުނިޓީ ސެންޓަރ ހުޅުވުނުތާ 2 މަސް ވެފައިވާއިރު ކޮމިއުނިޓީ ސެންޓަރ ގެ މުއައްޒަފުން ގޮތުގައި ތިބީ 3 މުވައްޒަފުންނެވެ.