English Edition
Dhivehi Edition

ހަތަރު ރަށެއްގެ ސްވިމިންގ ޓްރެކް އެޅުމަށް ބޭނުން ވާ ތަކެތި، އެރަށްރަށައް ފޮނުވުމަށް ޓަކއި މިއަދު މާލޭ ބަނދަރުން ބޯޓުތަކަށް އަރުވައިފި ކަމަށް ސްވިމިން އެސޯސިއޭޝަނުން ވިދާޅުވެއްޖެއެވެ.

މިގޮތުން ތަކެތި ފޮނުވުމަށް ލޯޑް ކުރެވިފައިވަނީ އައްޑޫ ސިޓީ ފޭދޫ ، މީދޫ އަދި ހއ.ދިއްދޫ އާއި އެއަތޮޅުގެ ކުޅުދުއްފުއްޓަށެވެ.

ފިނޭންސް މިނިސްޓްރީގެ ނޭޝަނަލް ޓެންޑަރ ބޯރޑުން ސްވިމިންގ ޕްލެޓް ފޯރމް ޓެންޑަރ ކުރެވުނީ މިއަހަރުގެ އޮކްޓޯބަރ މަސް ތެރޭގައެވެ.މި ޕްރޮޖެކްޓަކީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސް ކޮމިއުނިޓީން ހުށަހަޅައި ސްވިމިން އެސޯސިއޭޝަނާއި ޙަވާލްކުރެވުނު ޕްރޮޖެކްޓްކެވެ.

އައްޑޫސިޓީއަކީ އާބާދީގެ ގޮތުން އެއްމެ ބޮޑު އެއްސިޓީ ކަމަށް ވީނަމަވެސް އައްޑޫގައި ސްވިމިންގ ޕްލެޓްފޯރމް އަޅާފައިވަނީ ހިތަދޫ އާއި މަރަދޫ އަދި ހުޅުދޫގައެވެ. މިހާރު އެޅުމަށް ހަމަޖެހިފައިވާ 2 ފްލެޓްފޯރމް ނިމުމުން މިސިޓީގެ މަރަދޫ ފޭދޫ ފިޔަވައި އެހެން ހުރިހާ ރަށެއްގައި ސްވިމިންގ ޓްރެކްތައް އެޅިގެންދާނެއެވެ.

ޔޫތްމިނިސްޓަރ އަޙްމަދު މަޙްލޫފް އައްޑޫސިޓީއަށް ކުރެއްވި ޒިޔާރަތުގައި ސްކޫލް ތަކުގެ ބެލެނިވެރިންނާއި ޢާއްމުން ވަނީ ސްވިމިންގ ޕްލެޓްފޯރމެއް އަޅައި ދެއްވުމަށް މިނިސްޓަރ އަރިހު އެދިފައެވެ. އުއްމީދަކީ 2020 ވަނަ އަހަރު ސްކޫލް ތަކުގެ މުބާރާތްތައް ފެށެންވާއިރަށް މި ސްވިމިންގް ޓްރެކްތައް ބޭނުން ކުރެވޭގޮތް ވުމެވެ.

މިވަގުތު ސްވިމިންގ ޕްލެޓް ފޯރމް އެޅިގެން ދިޔަ ކަމުގައިވީނަމަވެސް ފެތުންތެރިންގެ އުއްމީދަކީ،މުސްތަޤްބަލުގައި މިސްވިމިންގޓްރެކްތައް، ސްވިމިންގ ޕޫލްތަަކަށް ތަރައްޤީވެގެން ދިއުމެވެ.