English Edition
Dhivehi Edition

ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ރަޝިއާއިން އުފެއްދި ވެކްސިނެއް އެގައުމުގެ ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީކޮށްފިއެވެ.

އެ ގައުމުގެ ގަމަލެޔާ ނެޝަނަލް ރިސާޗް ސެންޓަރުން އުފެއްދި މި ވެކްސިން އެގައުމުގެ ހެލްތް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާކަން އިއުލާންކުރައްވަމުން އެ ގައުމުގެ ރައީސް ވްލަޑިމިއާ ޕޫޓިން ވިދާޅުވީ މިއީ އަލަށް ފެނުނު ކޮރޯނާ ވައިރަސްއިން ރައްކާތެރިކޮށްދޭނެ ވެކްސިނެއްކަމަށެވެ. އަދި މި ވެކްސިން މިހާރު ޕޫޓިންގެ ދެ ދަރިކަނބަލުންގެ ތެރެއިން އެކަކަށް ޖަހާފައިވާއިރު އޭނާގެ ހާލު ރަގަޅުކަމަށް ޕޫޓިންވަނީ ވިދާޅުވެފައެެވެ.”އަޅުގަނޑަށް އެނގޭ ކަމަކީ އެ ވެކްސިން ރަނގަޅަށް މަސައްކަތް ކުރާކަން. އޭގެއިން އިމިއުނިޓީ އުފެދޭކަން. އަދި އެ ވެކްސިން ވަނީ ރަނގަޅަށް ޗެކްކޮށްފަ،” ޕޫޓިން ވިދާޅުވި އެވެ.

މި ވެކްސިން އާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން ޕޫޓިން ވިދާޅުވީ މިއީ ވެކްސިނެއް އުފެއްދުމަށް ފުރިހަމަ ކުރަންޖެހޭ ހުރިހާ މަރުހަލާއެއް ފުރިހަމަކޮށްފައިވާ ވެކްސިނެއްކަމަށާއި މި ވެކްސިން އެންމެ ފުރަތަމަ ދޭނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި ޓީޗަރުން ގެ އިތުރުން ބަލި ޖެހުމުގެ ނުރައްކާ އެންމެ ބޮޑަށް އޮތް މީހުންނަށް ކަމަށެވެ،