Addu in positive vi thin meehunge haaluves rangalhu:Saathu - AO News
English Edition
Dhivehi Edition

Worldwide

  • 59,680,002confirmed
  • 41,289,505recovered
  • 16,985,436active
  • 1,405,061deaths

Maldives

  • 12,758confirmed
  • 11,615recovered
  • 1,097active
  • 46deaths

ކޮވިޑް 19 ކަވަރޭޖް

4 މަސް ކުރިން

އައްޑޫ އިން ކޮވިޑް19 އަށް ޕޮޒިޓިވްވި ތިން މީހުންގެ ހާލުވެސް ރަގަޅުކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފް ސަދާތް(ސާތު) ވިދާޅުވެއްޖެއެވެ.

‘އޭއޯ ނިއުސް’ އަށް މައުލޫމަތު ދެއްވަމުން ޝަރަފް ސަދާތް ވިދާޅުވީ ކޮވިޑް19އަށް އައްޑޫ އިން ޕޮޒިޓިވްވި ތިން މީހުންގެ ކިބައިންވެސް އަދި މިހާތަނަށް ބަލީގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާކަމަށާއި އެ ތިންމީހުންގެ ހާލުވެސް ރަނގަޅުކަމަށެވެ. “ބައްޔަށް ޕޮޒިޓިވްވި ތިން މީހުންވެސް ޕޮޒިޓިވްވުން ފިޔަވައި އެހެން އެއްވެސް ސިއްހީ މައްސަލައެއް ކުރިމަތިނުވޭ. އިިތުރަށް ހާލަތު ގޯސްވެއްޖެނަމަ މިހާރުވެސް އައްޑޫ ކޮވިޑް ހޮސްޕިޓަލުގައި ފަރުވާދެވޭނެ.” ޝަރަފް ސަދާތް ވިދާޅުވިއެވެ.

Advt

Advertisement

އައްޑޫ އިން މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވަނީ  ދެ ދިވެހިންނާއި އެއް ބިދޭސީއެވެ. މި ތިން މީހުންނަކީވެސް ހޯމްކަރަންޓީންގައި ތިބި މީހުންނެވެ.