English Edition
Dhivehi Edition
ފުވައްމުލަކު ސިޓީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: ފޭސްބުކް (އެމްޓީސީސީ)

ފުވައްމުލަކު ސިޓީން އިތުރު ދެ މީހަކު ކޮވިޑަށް ފައްސިވެ އެ ސިޓީގައި ބަލިޖެހިފައިވާ މީހުންގެ އަދަދު ފަހެކަށް އަރައިފިއެވެ.

އެޗްއީއޯސީން ބުނީ ފުވައްމުލަކުން ފައްސިވެފައިވާ، ފަސް މީހުންނަކީ ވެސް ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓުން ފައްސިވެފައިވާ މީހުންކަމަށެވެ. ފުވައްމުލައް ސިޓީ އިން ފައްސިވި މީހުންގެ ތެރޭގައި ހައި ރިސްކް ދެ މީހުންވެސް ހިމެނޭއިރު މިހާރު އެދެމީހުން ވަނީ ފުވައްމުލައް ހޮސްޕިޓަލުގެ ކޯވިޑް ފެސިލިޓީއަށް ބަދަލުކޮށްފައެވެ.

ފުވައްމުލަކު ސިޓީން ކޮވިޑް-19އަށް ފައްސިވި މީހުންގެ އަދަދު ފަހަކެއް އެރުމާއި ގުޅިގެން އެ ސިޓީގެ ހޮސްޕިޓަލާއި އެހެނިހެން ތަންތަނުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށްފައިވާއިރު އަދި އެ ސިޓީ މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައެއް ނުވެއެވެ.

ފުވައްލަކު ސިޓީގައި ކޮވިޑަށް ފައްސިވާ މީހުންނަށް ފަރުވާ ދިނުމުގެ ކަންކަން އެ ސިޓީގެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ކޯވިޑް-19އިގެ ބަލިމީހުންނަށް ފަރުވާ ދިނުމަށް މާލޭގެ އައިޖީއެމްއެޗްގައި ހަރަކާތްތެރިވާ “ކްލިނިކަލް މެޑިކަލް އެޑްވައިޒަރީ ޓީމު” ގުޅިގެންކުރިއަށް ދާއިރު ފުވައްމުލަކު ހޮސްޕިޓަލުންވަނީ ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

މި ގޮތުން ހޮސްޕިޓަލުން ވިދާޅުވީ މިވަގުތު އެހޮސްޕިޓަލުގެ ކޮވިޑް އައި.ސީ.ޔޫގައި ބަލިމީހުން އެޑްމިޓް ކޮށްފައިވާތީ، ފިޒިއޮތެރަޕީގެ ޚިދުމަތް ހޯދަން ދާމީހުން ވަދެނިކުތުމުގައި ބޭނުންކުރާނީ ފިޒިއޮތެރަޕީ ޔުނިޓުގެ ނަންބޯޑު ކައިރީގައި ހުރި ދޮރުކަމަށެވެ. އަދި ކުރިން ބޭނުންކުރަމުން އައި ދޮރު މިހާރުވާނީ ޢާއްމުންނަށް ވަގުތީގޮތުން ބަންދުކޮށްފައިކަމަށްވެސް އެ ހޮސްޕިޓަލުންވަނީ ބުނެފައެވެ.