English Edition
Dhivehi Edition
ކޮވިޑް-19 އަށް ޓެސްޓު ކުރަން ސާމްޕަލް ނަގަނީ - ފޮޓޯ: ވަން އޮންލައިން

ރާއްޖެއިން އިތުރު 59 މީހަކު ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ އިއްޔެ އިރުއޮއްސި 18:00 އާއިހަމައަށް، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ ނެގި 2،768 ސާމްޕަލުގެ ތެރެއިން 59 ސާމްޕަލް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އިއްޔެ މާލެ ސަރަހައްދުން 33 ކޭސް ފެނުނުއިރު އޮޕަރޭޓު ކުރަމުންދާ ރިސޯޓުތަކުން ވަނީ 06 ކޭސް ފެނިފައެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުން 20 ކޭސް ފެނިފައިވާއިރު އެ ކޭސްތަކާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 14،218އަށް އަރާފަ އެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 37 މީހަކު އިއްޔެ ބަލިން ރަގަޅުވެފައިވާއިރު މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 49 އަކަށް އަރާފައެވެ.