English Edition
Dhivehi Edition

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ހުޅުވުނުތާ ހަތަރުމަސް ވީއިރު ވެސް ހާލަތަށް ބަދަލެއް އައިސްފައިނުވާކަމަށް އެމްޑީޕީގެ ޓިކެޓްގައި އައްޑޫ މޭޔަރު ކަމަށް ވާދަކުރައްވާ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އަބަދުވެސް އައްޑޫ ސިޓީގައި ހުރި ކަންބޮޑުވުންތަކާއި ބެހޭ ގޮތުން ވާހަކަދައްކަވާ ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކާނެ އެއްޗެއް ލިބޭނެ ގޮތް ނަހަދާ، ރަށް ބޭރުގައި ހުޅުވި ހަމައެކަނި ހޮސްޕިޓަލަކީ އައްޑޫ ހޮސްޕިޓަލްކަމަށެވެ. ހޮސްޕިޓަލް ހުޅުވުނުތާ ހަތަރުމަސް ވެގެން ދިޔައިރުވެސް ހާލަތު ބަދަލުވެފައިނުވާކަން ފާހަގަކުރައްވަމުން ނިޒާރު ވިދާޅުވީ ޓުވިޓް ކުރީ ފިތުނަ އަކަށް ނޫންކަމަށެވެ. “ޓުވިޓް ކުރީ ފިތުނައަކަށް ނޫން. ހައްލު ހޯދަން ކުރި މަސައްކަތް ފެއިލްވެ، މީހުން އުޅޭ ހާލު ފެނި އަސަރުކޮށްގެން.” ނިޒާރު ވިދާޅުވިއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 ގައި ރާއްޖެއިން މިހާތަނަށް 5041 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާއިރު އައްޑޫ ސިޓީއިން ތިން މީހަކުވަނީ ބައްޏަށް ޕޮޒިޓިވްވެފައެވެ. އެހެންނަމަވެސް އައްޑޫ ސިޓީގައި ކޮވިޑަށް ފަރުވާދެވޭނެ އެކަށީގެންވާ ވަސީލަތްތައް ނެތްކަމަށް ބުނެ ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ގިނަ ބަޔަކުވަނީ މިއަހަރުގެ މިހާތަނަށް އައި އިރު މިކަމަށް އައްޑޫ ސިޓީއިން ތައްޔާރު ނޫންކަމަށް ބުނެ ސަރުކާރަށާއި، ސިޓީކައުންސިލަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ.