English Edition
Dhivehi Edition
ކުވައިތާ ރާއްޖެއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން

ދިވެހި ސަރުކާރުން ޕްރޮކިއުމަންޓު އުސޫލުތަކާ ހިލާފުވުމުން ދިވެހިރާއްޖޭގައި ހޮސްޕިޓަލް އަޅަން ކުވައިތުން ދިން ފަންޑު އަނބުރާ ގެންގޮސްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތުގައި ހެލްތް މިނިސްޓަރު ހަލީލް ވިދާޅުވީ ކުވެއިތު ފަންޑްގެ ފަންޑިންގް އަނބުރާ ގެންގޮސްފައިވަނީ, ފަނޑު އަނބުރާ ގެންދިޔާއީ ކުވެއިތު ފަންޑުގެ ޕްރޮކިއުމަންޓް އުސޫލާ ހިލާފަށް ކުރިއަށްދިއުމުންކަމަށެވެ.

މިނިސްޓަރު ހަލީލް ވިދާޅުވި ގޮތުގައި ފަންޑު އަނބުރާ ގެންދިޔައީ މަޝްރޫއު އެވޯޑްކުރުމުގެ މަރުހަލާ ވަކި ގޮތަކަށް ކުރިއަށް ގެންދަން ރާއްޖެއިން ވެސް ބޭނުންވުމުންނެވެ.

އިންޓަނޭޝަނަލް ފަންޑިން އެޖެންސީތަކަކީ އެ އެޖެންސީތަކުން ކަނޑައަޅާފައި ހުންނަ އުސޫލުގެ ތެރެއިން ޕްރޮކިއުމަންޓް ހަދަންޖެހޭ އެޖެންސީތަކެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ހަލީލް ވިދާޅުވީ ފަންޑް އަނބުރާ ހޯދަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ހޮސްޕިޓަލްތަކުގެ މަޝްރޫއަށް އެހެން ގޮތަކުން ފައިސާ ހަމަޖެހޭތޯ މަސައްކަތް ކުރަމުން އަންކަމަށެވެ.

ކުވައިތު ފަންޑުގެ އެހީގައި އެޅުމަށް މަސައްކަތް ހަވާލުކޮށްފަވަނީ ހަތް ހޮސްޕިޓަލެއްގައެވެ.

މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގައި ކުވެއިތު ފަންޑުގެ އެހީގައި 30 އެނދުގެ ހޮސްޕިޓަލްތައް އަޅަން ދެ ކުންފުންޏަކާ ހަވާލުކުރީ ހދ. ހަނިމާދު، ކ. ތުލުސްދޫ، ށ. މިލަންދޫ، ނ. ވެލިދޫ، އދ. މާމިގިލި، ވ. ފެލިދޫ އަދި ތ. ވިލުފުށީގައެވެ.

ހޮސްޕިޓަލްތައް އެޅުމަށް ހަވާލުކުރީ އެއީ ރާއްޖޭގެ ޑެޕްލެކްސް ޕްރައިވެޓް ލިމިޑެޓާއި އިންޑިއާގެ އާނަންދު ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑާއެވެ. މަސައްކަތް ނިންމަން ދިނީ ދޮޅު އަހަރު ދުވަހެވެ.

ރާއްޖޭގެ ހަތް ސަރަހައްދެއްގައި މި ހޮސްޕިޓަލްތައް އިމާރާތް ކުރުމަށް ކުވެއިތު ފަންޑުން 686 މިލިއަން ރުފިޔާ ހަމަޖައްސައިދީފައިވެއެެވެ.

މި ހޮސްޕިޓަލްތަކުގެ މަސައްކަތް ނިމޭއިރު ކޮންމެ ހޮސްޕިޓަލެއްގައި 150 ކިލޯވޯޓުގެ އަވިން ހަކަތަ އުފައްދާ ނިޒާމެއް ހުންނާނީ ގާއިމަށްވެސް އޭރު ހަމަޖެހުނެވެ. މީގެއިތުރުން މި ހޮސްޕިޓަލްތައް ހެދުމަށް ހަމަޖައްސާފައި އޮތީ އައިސޮލޭޝަން ފެސިލިޓީއާއި ފުލޫ ކްލިނިކާއި އޮކްސިޖަން ޕްލާންޓް ހިމަނައިގެން އަދި ހޮސްޕިޓަލުގެ ހުރިހާ އެނދެއްގައި ޕައިޕްޑް އޮކްސިޖަން އާއި މެޑިކަލް އެއާ އަދި ސަކްޝަން ވެސް ހުންނަ ގޮތަށެވެ.