ވިލި މާލޭގައި އަޅާ ޓާޝަރީ ހޮސްޕިޓަލް އަޅާނީ ޗައިނާގެ ހިލޭ އެހީގެ ދަށުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު “ރައީސްގެ ޖަވާބު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
މާލެ ސިޓީ، ވ.ފަޒީލާމަންޒިލް، އަޙުމަދު ޝިފާން، ވިލިމާލެ ހަސްފަތާލުގައި ދޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށްދެއްވުން އެދި ދެންނެވި ސުވާލަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބުގައި ވިދާޅުވީ ވިލިމާލޭގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް އެމަނިކުފަނު ވައުދުވެ ލައްވާފައިވާކަމަށެވެ. އަދި ޗައިނާގެ ހިލޭ އެހީގެ ދަށުން އެ މަސައްކަތް ކުރިއަށްދާކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ވިލިމާލޭގައި ޓާޝަރީ ހޮސްޕިޓަލެއްއަޅައި އެ އަވަށުގެ ސިއްހީ ހިދުމަށް ރަނގަޅުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ސިޔާސަތެއްކަމަށެވެ.
ރައީސްގެ ޖަވާބު
22 މާރިޗް 2024މާލެ ސިޓީ، ވ.ފަޒީލާމަންޒިލް، އަޙުމަދު ޝިފާން، ވިލިމާލެ ހަސްފަތާލުގައި ދޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށްދެއްވުން އެދި ދެންނެވި ސުވާލަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު pic.twitter.com/YrhY7xN8eM
— Government of Maldives (@governmentmv) March 22, 2024