English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫ މޮނީޓަރިންގެ ހަލާތަށް ގެންގޮސް އެ ރަށަށް އަރާ ފޭބުން މަނާކޮށްފިއެވެ.

ހިތަދޫ މޮނީޓަރިންއަށް ގެންގޮސްފައިވަނީ ހޯމް ކަރަންޓީންގައި ހުރި ބިދޭސީއަކު ކޮވިޑް19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

އައްޑޫ ސިޓީ ހިތަދޫ އަށް އަރާފޭބުން މަނާކޮށް އައްޑޫ ސިޓީ ކައުންސިލަށް އެޗްޕީއޭއިން ފޮނުވި ލިޔުމުގައި ވަނީ ކޮވިޑް19 ގެ ސަބަބުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް އެ ސިޓިގެ ހިތަދޫ މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައިވާކަމަށެވެ. އަދި އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން، މި ހާލަތުގައި އެ ރަށުގައި ތިބި އެއްވެސް މީހަކު ރަށުން ފޭބުމާއި، އަދި އެއްވެސް މީހަކު އެ ރަށަށް އެރުން މަނާވާނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ ހިތަދޫއިން ޕޮޒިޓިވްވި ބިދޭސީ މީހާއަކީ އައްޑޫ ހައި ސްކޫލްގެ ހޯލް އިމާރާތް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކުންފުނީގައި، މަސައްކަތްކުރާ ބަންގްލަދޭޝް މީހެކެވެ. އައްޑޫ ހައި ސްކޫލްގައި ބިދޭސީން ތިބުމަށް ހަދާފައިވާ އެކޮމަޑޭޝަން ތަނެއްގައި ކަރަންޓީންވެގެން ހުރި މި މީހާ ކޮވިޑް19 އަށް ޕޮޒިޓިވްވިކަން އެގުނީ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށް ފަހު ނެގި ސާމްޕަލްއިންނެވެ.

މިހާރު މި މީހާގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު އައްޑޫ ސިޓީ ފޭދޫގައި ވެސް ހޯމް ކަރަންޓީންގައި ހުރި މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ.

 

3 ކޮމެންޓް
kiyaameeha
އޮގަސްޓް 9, 2020
Fili meehun gain covid naara emeehun rangalhu vrjjeya thimeeha gain ves naara rangalhu vaanethaa..ehn meehun undagoo kuran rsh monitoring ah lany koacheh handaan vegen
Eyna
އޮގަސްޓް 9, 2020
Dhen kihinehtho aharun maabandu meehun doc ah dhakkan dhany
އޮގަސްޓް 9, 2020
husiyAru vaasheve