އައްޑޫ ސިޓީ ކައުންސިލުން ކޮންމެ އަހަރަކު އިންތިޒާމްކޮށްގެން ބާއްވާ “އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2026” ގައި ބައިވެރިވުމުގެ ފުރުސަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ.
މި މަހުގެ 12 ވަނަ ދުވަހު އައްޑޫ ސިޓީ ކައުންސިލުން ގެޒެޓްކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، މިއަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހު އައްޑޫ ސްޓޭޑިއަމްގައި ކަމަށެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން ރެޖިސްޓަރ ވުމުގެ އެންމެ ފަހު ތާރީޚަކީ މި ނޮވެންބަރު މަހުގެ 17 ވާ އަންގާރަ ދުވަހެވެ. ރެޖިސްޓަރ ވާން އެދޭ ޓީމުތަކުން އޮންލައިން ފޯމު މެދުވެރިކޮށް ފުރިހަމަ ކުރުމަށް ކައުންސިލުން އެދެއެވެ. އަދި މުބާރާތުގައި ރެޖިސްޓަރވާ ޓީމުތަކުން ޓީމް ލިސްޓް ހުށަހެޅުމުގެ ފުރުޞަތު މި ނޮވެންބަރު މަހުގެ 30 ވާ ހޯމަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
އައްޑޫ ސިޓީ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، މި މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން އެ އިދާރާގެ ސޯޝަލް އެފެއާޒް ޔުނިޓްގެ ނަންބަރު 7925003 އަށް ވައިބަރ ކުރެއްވުމުން މައުލޫމާތު ލިބިގެންދާނެއެވެ.