Vakeelukamuge thamreenu program gai baiveri vumuge furusathu hulhuvaalaifi - AO News
English Edition
Dhivehi Edition

Worldwide

  • 59,680,002confirmed
  • 41,289,505recovered
  • 16,985,436active
  • 1,405,061deaths

Maldives

  • 12,758confirmed
  • 11,615recovered
  • 1,097active
  • 46deaths

ކޮވިޑް 19 ކަވަރޭޖް

4 މަސް ކުރިން

ވަކީލުކަމުގެ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރިސަތު ބާ ކައުންސިލުން ހުޅުވާލައިފި އެވެ.

ކުރު ތަމްރީނަކަށްފަހު ވަކީލުކަމުގެ ހުއްދަ ދޫކުރެވޭގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް ގެނައި އިސްލާހާއެކު ބާ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ވަކީލުކަމުގެ ތަމްރީނު ފުރިހަމަ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިމަހުގެ 11 ވަނަ ދުވަހާއި ހަމަޔަށް ހުޅުވާލާފައިވާކަމަށާއި މި ލައިސަންސް ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ގޫގުލް ފޯމް މެދުވެރިކޮށް އެކައުންސިލުގައި ރެޖިސްޓްރީވުމަށް އެދޭ ކަމަށެވެ.

Advt

Advertisement

މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުން، މިމަހުގެ ފަސް ވަނަ ދުވަހުގެ ކުރިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ މަތީ ތައުލީމުދޭ މަރުކަޒަކުން ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތަކެއްކަން އަންގާދިނުމަށްޓަކައި، ދަސްވެނިވެފައިވާ ދަރިވަރެއްނަމަ ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީގެ ކޯސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ހުށަހަޅަންޖެހޭނެކަމަށް މި އިއުލާންގައިވަނީ ބުނެފައެވެ.އަދި ދަސްވެނިވެފައިނުވާނަމަ، ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީގެ ކޯސް އެ ދަރިވަރަކު ފުރިހަމަކުރިކަން އަންގައިދޭ ރަސްމީ ލިޔުން ނުވަތަ ކޯހުގެ ޓްރާންސްކްރިޕްޓެއް ހުށަހެޅުމަށްވެސް ބާކައުންސިލުންވަނީ އެދިފައެވެ.

މިމަހުގެ 06 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައިވާ މި ބިލުގެ އިސްލާހުގައި ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެ ލައިސެންސް ދޫކުރެވޭނީ ގާނޫނީ ފަންނުގެ ދާއިރާއިން ފުރަތަމަ ޑިގްރީއަށް ތައުލީމު ހާސިލު ކުރި ދަރިވަރުންނަށް ކަމަަށެވެ.