English Edition
Dhivehi Edition
އަލަށް ވަކީލުކަމުގެ ހުވާކުރުމަށް އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ބާ ކައުންސިލް

277 ފަރާތަކުން އަލަށް ވަކީލުކަމުގެ ހުވާ ކުރައްވައިފިއެވެ.

މިއަދު ޒޫމް މެދުވެރިކޮށް އޮންލައިންކޮށް ކުރިއަށްގެންދިޔަ އެ ރަސްމިއްޔާތުގައި ވަކީލުން ހުވާކުރައްވާފައި ވަނީ ތިން ބުރަކަށް ބަހާލައިގެންނެވެ. އެގޮތުން ޖުމްލަ 277 މީހަކު ވަނީ މިއަދު ވަކީލުކަމުގެ ހުވާ ކުރައްވައިފައެވެ.

ދިވެހިރާއްޖޭގެ ބާ ކައުންސިލުން ހާމަކުރާ ގޮތުގައި މިއަދު އަލަށް ހުވާކުރެއްވި ވަކީލުންނަށް، ވަކީލުކަމުގެ ހުވާ ލައިދެއްވީ ހައި ކޯޓުގެ ފަނޑިޔާރު، އަލްއުސްތާޛް މުޙައްމަދު ނިޔާޒު އެވެ.

މިއީ ޤާނޫނީ ފަންނދުގެ ޤާނޫނަށް ޢަމަލު ކުރަން ފެށި ފަހުން ވަކީލުންތަކެއް ހުވާކުރެއްވި ފުރަތަމަ ފަހަރެވެ.