English Edition
Dhivehi Edition
ބާކައުންސިލް: ފޮޓޯ އެޑިޝަން

ބާ ކައުންސިލްގެ ރައީސްގެ މަގާމަށް ހުޅުވާލައިފި އެވެ. .

ބާ ކައުންސިލުގެ ރައީސްގެ މަގާމު އަދި އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ކަމުގެ މަގާމަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު، 17 މާޗް ވާ އާދިއްތަ ދުވަހު ބާއްވަން ނިންމައި އެ ކޮމިޝަނިން ވަނީ އިއުލާނުކޮށްފައެވެ.

މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް މި މަގާމަށް އެދި ހުށަހަޅަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ބާ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވެފައިވަނީ އެ މަގާމުައި ހުންނެވި އިސްމާއީލް ވިޝާމް އަވަހާރަވުމާއި ގުޅިގެންނެވެ.

ބާ ކައުންސިލްގެ ރައީސްގެ ޝަރުތަކުގެ ތެރޭގައި, ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ 10 އަހަރު ދުވަހުގެ ތަޖުރިބާ ހުރުން, ގާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުޢީ ކޯޓަކުން ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން ހިމެނެއެވެ. މީގެ އިތުރުން ގާނޫނީ ގޮތުން ބަނގުރޫޓުވެފައިވާ މީހެއްކަމުގައި ނުވުން ނުވަތަ ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން ވެސް ވަނީ ޝަރުތުތަކުގެ ތެރޭގައި ހިމަނާފައެވެ.