English Edition
Dhivehi Edition

ސިއްހީ ހާލަތު ގޯސްވެގެން އދ.އޮމަދޫއިން މާލެ ފޮނުވާލި އަންހެންމީހާގެ ދެވަނަ ޓެސްޓް ކޮވިޑް19 އަށް ނެގެޓިވްވެއްޖެއެވެ.

އޮމަދޫ ކައުންސިލްގެ ރައީސް އަދުނާން އަބްދުﷲ ވިދާޅުވީ އެ އަންހެން މީހާގެ ފުރަތަމަ ޓެސްޓް ޕޮޒިޓިވްވެފައިވާ ކަމަށާއި އެހެންނަމަވެސް ދެވަނައަށް ހެދި ޓެސްޓް ނެގެޓިވްވެފައިވާކަމަށެވެ. އިތުރަށް އަދުނާން ވިދާޅުވީ އެ އަންހެން މީހާގެ ނަތީޖާ ނެގެޓިވްވި ނަމަވެސް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އޭނާގެ އިތުރު ޓެސްޓެއް ހެދުމަށް ނިންމާފައިވާކަމަށެވެ.

އެ އަންހެންމީހާގެ ނަތީޖާ އާއި ބެހޭ ގޮތުން އަދުނާން ބުނީ އުމުރުން ދުވަސްވީ އަންހެންމީހާ ކޮވިޑަށް ޕޮޒިޓިވްވެދާނެކަމަށް ގަބޫލުނުކުރެވޭ ކަމަށާއި އެ އަންހެން މީހާ އަކީ އެއްވެސް ކަމެއްގައި ގެއިން ބޭރަށް ނިކުމެ ހަދާ މީހެއް ނޫނެވެ. އަދި އެ ގޭގެ މީހުންވެސް ބޭރަށް ނިކުމެ ނުހަދާ ކަމަށް އަދްނާން ވިދާޅުވިއެވެ.

އދ. އަތޮޅު ހޮސްޕިޓަލުގެ ސީ އެމްބިއުލާންސްގައި މާލެއަށް ފޮނުވާލި އަންހެން މީހާ އަކީ ނޭވާލުމުގެ ނިޒާމުގެ މައްސަލަ ހުންނަ މީހެކެވެ. އޭނާ މާލެއަށް ފޮނުވާލީވެސް ނޭވާލާން އުނދަގޫވެ ހާލު ދެރަވެގެންނެވެ.