English Edition
Dhivehi Edition

ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުން ދަނިކޮށް، ސްޓްރޯކެއް ޖެހި އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް މަރުވި ޔަމަނުގެ ރައްޔިތެއް ކަމަށްވާ، ޔާސިރު ޔަހުޔާ ސާލިހުގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު ބާއްވާން ނިންމައިފިއެވެ.

ޔާސިރުގެ ޖަނާޒާ މިއަދު 1:00 ޖަހާއިރު އާސަހަރާގައި އޮންނަ ކަމަށް، މަރުވާ މީހުންގެ ވަނަވަރާއި ކަށު ނަމާދު ކުރުން އޮންނަ ވަގުތުގެ މައުލޫމާތު ހިއްސާކުރާ ކަށުނަމާދު ޕޭޖުގައި ޝާއިއުކޮށްފައިވެއެވެ.

ދިވެއްސަކާ ކައިވެނިކޮށްގެން ދަރިއަކު ވެސް ލިބިފައިވާ ޔާސިރު ހައްޔަރު ކުރީ 2017 ވަނަ އަހަަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އެ ދުވަސްވަރު ޓެރަރިޒަމްއާ ގުޅޭ ތުހުމަތުތަކެއް ކުރެވިގެން އޭނާ ޑީޕޯޓު ކުރަން ނިންމައި ބަންދުކޮށްފައިވާއިރު ޔާސިރު ބަންދުކުރި އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި އޭނާވަނީ އެކި ފަހަރު މަތިން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކޮށްފައެވެ.

ޔޫސުފް ޔަހްޔާ އަކީ އުފަން ޤައުމުގެ އިތުރުން ދުނިޔޭގެ އެކި ޤައުމުތަކުގައި ނިރުބަވެރިކަމާއި ގުޅުންހުރި މައްސަލަތަކުގައި ހައްޔަރުކުރެވި، އެކި ފަހަރުމަތީން ބަންދުކުރެވިފައިވާ މީހެއްކަމަށް ޔޫސުފް ޔަހްޔާގެ މަރަށް ފަހު އިމިގްރޭޝަން އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި މޯލްޑިވްސް ޕޮލިސް ސާވިސް އިން ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައިވަނީ ބުނެފައެވެ، މި ގޮތުން މޯލްޑިވްސް ޕޮލިސް ސާވިސް އަށް ލިބިފައިވާ އިންޓެލިޖެންސް މަޢުލޫމާތުން އެނގޭ ގޮތުގައި އޭނާ އަކީ އަލްޤައިދާ ޖަމާޢަތާ ގުޅުން އޮންނަ، އެ ޖަމާޢަތުގެ އިސް ދައުރެއް އަދާކުރާ އަދި އެ ޖަމާޢަތުން ހިންގާ މަތީ ފެންވަރުގެ ޓެރެރިސްޓް ތަމްރީނުތައް ފުރިހަމަކޮށްފައިވާ މީހެއްކަމަށެވެ.

މި ތުހުމަތު ތަކާއި ގުޅިގެން ޔޫސުފް ޔަހްޔާގެ އާއިލާގެ ވަކީލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ޔާސިރަށް ސަރުކާރުން ކުރި ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް ތުހުމަތު ތަކެއް ކަމަށެވެ. އަދި އެ ތުހުމަތުތަކާ ގުޅިގެން އާއިލާއާ ވެސް ސުވާލެއް ކޮށްފައި ނުވާކަމަށާއި އޭނާއަކީ ޓެރަރިސްޓެއް ކަމަށް ދޭހަވާ ގޮތަށް ތުހުމަތެއް އެޅުވުމަކީ އިންސާނީ ކަރާމާތާ ހިލާފު ކަމެއް ކަމަށެވެ