English Edition
Dhivehi Edition
ރާއްޖޭގައި ބަޔަކު ޑައިވިންގ އަށް ގޮސް އުޅެނީ - ފޮޓޯ: މޯލްޑިވްސް ޓައިމްސް

ހުޅުމާލެ މޫދަށް ޑައިވިނަށް ދިޔަ އަންހެނަކު ނިޔާވެއްޖެ

ހުޅުމާލެ މޫދަށް ޑައިވިނަށް ގޮސް އުޅުނު ތައިލެންޑްގެ އަންހެނަކު ގެނބިގެން ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ތައިލެންޑްގެ 55 އަހަރުގެ އަންހެން މީހާ މަރުވިކަމުގެ ރިޕޯޓު ލިބިފައި ވަނީ މިއަދު ހެނދުނު 11:00 ޖެހިއިރު ކަމަށެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.