English Edition
Dhivehi Edition

ނ. ހޮޅުދޫ ގެެއެއްގެ ތެެރެއިން ޒަހަމްތަކަކާއެކު މަރުވެފައި އޮތް އަންހެނަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ ހޮޅުދޫ ގެ އެއްގައި ޒަހަމްތަކަކާއެކު އަންހެނަކު އޮތްކަމުގެ ރިޕޯޓް މިއަދު ހެނދުނު ލިބުމުން ފުލުހުން އެ ގެއަށް ގޮސް އަންހެން މީހާ ރަށުގެ ސިއްހީ ފަރުކަޒަށް ގެންގޮސްފައިވާ ކަަމަށެވެ. ހޮޅުދު ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނި އެ އަންހެން މިހާ މަރުވެފައިވާކަމަށެވެ. ފުލުހުން ބުނީ މަރުވެފައިވަނީ އުމުރުން 50 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

މި ހާދިސާ އާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު ހާދިސާ އާއި ގުޅޭ އިތުރު ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އިއްޔެެވެސް މާލޭ ގެއެއްގެ ތެރެއިން ޒަހަމްތަކަކާއެކު މީހަކު ފެނިފައިވާއިރު، މި ހާދިސާ އާއި ގުޅިގެންވެސް އަދި މީހަކު ހައްޔަރުކުރިކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.