English Edition
Dhivehi Edition

ކޮވިޑް19 އަށް ޕޮޒިޓިވްވި އެއް މަހުގެ ތުއްތު ކުއްޖަކު އެޑްމިޓްކޮށް ފަރުވާދޭން ފަށައިފިއެވެ.

އެކުއްޖާ ހުން ގަދަވެގެން އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.ކުޑަކުދިންގެ ޑޮކްޓަރު ޑރ. އަހްމަދު ފައިސަލް ވިދާޅުވީ އެކުއްޖާއަށް ގާތުން ދިނުމުގައި އުނދަގޫތަކެއް ހުރިކަމަށާއި، ވަރަށް ބޮޑަށް ޑީހައިޑްރޭޓްވެފައިވާކަމަށެވެ.

މީގެކުރިން ދޮޅު މަހުގެ ކުއްޖަކު ވެސް ކޮވިޑަށް ޕޮޒިޓިވްވެގެން ފަރުވާދީފައިވާއިރު ރާއްޖޭގައި މިހާތަނަށް 4,293 މީހަކުވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް ރާއްޖެއިން 19 މީހަކު މި ބަލީގައި މަރުވެފައިވާއިރު މިހާރު ރާއްޖޭގެ ބައެއް އަތޮޅުތަކަށްވެސް މި ބަލިވަނީ ފެތުރިފައެވެ.