English Edition
Dhivehi Edition

ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުން ދިޔަ އުމުރުން 80 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ،

އެޗްޕީއޭ އިން ބުނީ އެ މީހާ ނިޔާވީ ހެނދުނު 9:30 ހާއިރު ކަމަށެވެ. އެ މީހާ އަކީ ކޮވިޑް ޖެހިގެން އައިޖީއެމްއެޗްގެ ދަރުމަވަންތަ ވިންގުގައި ފަރުވާދެމުން ދިޔަ މީހެއް ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ. މިއީ މިބަލިޖެހިގެން ރާއްޖެއިން މަރުވި 19 ވަނަ މީހާއެވެ.

ރާއްޖޭގައި ކޮންޓްރޯލެއް ނެތި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުން އަންނައިރު މިދިއަ 24 ގަޑި އިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް ބައްޔަށް 129 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 93 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 23 މީހަކާއި އިންޑިއާގެ 08 މީހަކާއި ސްރީލަންކާގެ 04 މީހަކާއި އިންޑޮނޭޝިއާ މީހެކެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 4,293 އަށް އަރާފައެވެ.