Thahuthu boat ge captain covid ah positive vejje - AO News
English Edition
Dhivehi Edition

Worldwide

  • 39,959,651confirmed
  • 29,890,384recovered
  • 8,954,631active
  • 1,114,636deaths

Maldives

  • 11,178confirmed
  • 10,097recovered
  • 1,045active
  • 36deaths

ކޮވިޑް 19 ކަވަރޭޖް

3 މަސް ކުރިން
އިހަވަންދޫ 242 ބޯޓް - ފޮޓޯ/ އިހަވަންދޫ. ކޮމް

ހއ. އިހަވަންދު “ތަޚުތު” ބޯޓުގެ ކެޕްޓަން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެ ރަށު ކައުންސިލުން ބުނީ އެ ބޯޓު މާލެ އިން އިހަވަންދު އަށް މީގެ ފަސްވަރަކަށް ދުވަސް ކުރިން ދިޔައީ ހދ. މަކުނުދު އާއި އިތުރު ރަށެއްގައި މަޑުކުރުމަށްފަހު ކަމަށާއި އެ ބޯޓަކީ ހއ. އަތޮޅާއި ހދ. އަތޮޅުގެ ގިނަ ރަށްތަކަށް މުދާ އުފުލާ ބޯޓެއް ކަމަށެވެ. ތަޚުތު ބޯޓުގެ ކެޕްޓަން ބައްޔަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ރަށުގެ ހަ ގެއެއް މިހާރު ކަރަންޓީން ކޮށްފައިވާއިރު މީގެ ކުރިން އެ ރަށުގެ “242” ބޯޓުގެ ފަޅުވެރިއަކާއި އެ ބޯޓުގެ ކެޕްޓަންވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

Advt

Advertisement

242 ބޯޓުގެ ކޭޝިއަރު ޕޮޒިޓިވްވުމުން ރަށަށް އަރައި ފޭބުން މަނާކޮށް އެ ރަށްވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. ދެ ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން މިހާރު ކަރަންޓީންގައި 15 މީހަކު ތިބިއިރު ރަށުގައި ތިބި މީހުންގެ ތެރެއިން އިތުރު ބަޔަކު ޕޮޒިޓިވްވެ ކްލަސްޓާ ބޮޑުވެދާނެ ކަމުގެ ބިރުވަނީ ހީވެފައެވެ. ބޯޓުން ދަތުރުކުރި މީހުންނާ ގިނަ ބަޔަކު ބައްދަލުވެފައިވާއިރު ކޮންޓެކްޓް ޓްރޭސިން އަދި ނުނިމޭތީ އެމީހުންނާއި ކޮންޓެކްޓްވީ ކިހާ އަދަދެއްގެ މީހުންނާއިކަން ސާފުނުވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

އިހަވަންދޫ އިން މިހާތަނަށް ކޮވިޑަށް 3 މީހަކު ޕޮޒިޓިވްވެފައިވާއިރު ރާއްޖޭގެ އަތޮޅު ތަކަށް މި ބަލި ފެތުރި އެކަށީގެންވާ ފަރުވާ ނުލިބި ގިނަ އަދަދެއްގެ މީހުން މަރުވެދާނެ ކަމުގެ ބިރުވަނީ ހީވެފައެވެ.