English Edition
Dhivehi Edition

އަޟްހާ އީދުގެ މުނާސަބަތުގައި ކުޅުނު އެކުވެރިކަމުގެ އަންހެން ފުޓްސަލް މެޗު، 3 ލަނޑު 1 ލަނޑުން މީދޫ ފުޓްސަލް ޓީމު ކާމިޔާބުކޮށްފިއެވެ.

ރޭ މީދޫ އަންހެން ފުޓްސަލް ޓީމާއި ހުޅުދޫ އަންހެން ފުޓްސަލް ޓީމް ކުޅުނު މި މެޗު ޝަރަފުވެރިކޮށްދެއްވީ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދުއެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ ހާފްގައި ހުޅުދޫ ޓީމްގެ މަމްޝޫދާ އެ ޓީމަށް ކާމިޔާބުކޮށްދީފައިވާއިރު މީދޫ ޓީމުންވަނީ މެޗުގެ ދެވަނަ ހާފްގައި ކުޅުން ވަރުގަދަކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މި ގޮތުން މީދޫ ޓީމްގެ ބަތުހާ އެ ޓީމަށް އެއް ލަނޑު ކާމިޔާބުކޮށްދީފައިވާއިރު އެ ޓީމްގެ ޒައިނާ ވަނީ ދެ ލަނޑު ޖަހާފައެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ހުޅުދޫ ޓީމުންވަނީ މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މީދޫ ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދިން ޒައިނާއެވެ.

އަޟްހާ އީދާއި ގުޅިގެން ހުޅުދޫ ޒުވާނުންނާއި ޖަމްމިއްޔާ ޖަމާއަތްތައް ގުޅިގެން ގިނަ ހަރަކާތްތަކެއް ބާއްވަމުން އަންނައިރު އިއްޔެވަނީ ކުޑަކުދިންގެ ހަވީރެއްވެސް ބާއްވާފައެވެ، މީގެ އިތުރުން އަޟްހާ އީދާއި ގުޅިގެން މިއަދު ދެ ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަމުގެ ވޮލީ މެޗެއް ކުޅުމައްވަނީ ހަމަޖެހިފައެވެ،