English Edition
Dhivehi Edition

ކޮވިޑް-19ގެ ކޭސްތައް އިތުރުވާނަމަ އޮގަސްޓު މަހުގައިވެސް، މާލޭގެ ސްކޫލްތަކުގެ އިތުރު ގްރޭޑްތަކަށް ކިޔަވައިދޭން ނުފެށޭނެކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީންް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާއި ގުޅޭގޮތުން، ދައުލަތުގެ މީޑިއާގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، އަމީން ވިދާޅުވީ ސްކޫލްތައް ހުޅުވުމާއި މެދު ސީދާ ޖަވާބެއް ދޭން އަދި މާ އަވަސްކަމަށާއި ކޭސްތައް އިތުރުވާނަމަ ސްކޫލްތައް އޮންނާނީ ހުޅުވޭ ހާލަތެއްގައި ނޫންކަމަށެވެ. ” މިހާރު ތަންކޮޅެއް އަވަސް އޮގަސްޓް 15 އާ ހިސާބަށް އެއްޗެއް ދަންނަވަން. އެހެން ނަމަވެސް ކޭސްތައް މިމިންވަރުން އިތުރުވާނަމަ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ސްކޫލްތައް ހުޅުވޭނެ ކަމަކަށް.” އަމީން ވިދާޅުވިއެވެ. އިތުރަށް އަމީން ވިދާޅުވީ ސްކޫލްތަކާ ގުޅޭ ގޮތުން އިތުރު ގޮތެއް ނިންމާނީ އެޑިއުކޭޝަން މިނިސްޓްރީއާ މަޝްވަރާކުރުމަށް ފަހު ކަމަށާއި އެކަމާ ބެހޭ މާއުލޫމާތު ހާމަކުރާނެ ކަމަށެވެ

މީގެ އިތުރުން އަމީން ވިދާޅުވީ ކޮވިޑް-19 ކޭސްތައް އިތުރުވި ނަމަވެސް އޮފީސްތައް ބަންދު ކުރާ ފަދަ ހާލަތެއް އަދި ނެތްކަމަށާއި އެހެންނަމަވެސް ކޭސްތައް އިތުރުވާ ނަމަ އެ ފިޔަވަޅުވެސް އަޅާނެކަމަށެވެ. ފިޔަވަޅުތަކަށް މީހުން ބޯލަނބައިގެން ތިބޭނަމަ ކޭސްތައް އިތުރުވުން ކޮންޓްރޯލް ކުރެވޭނެކަން ފާހަގަކުރައްވަމުން އަމީން ވިދާޅުވީ އަމާޒަކީ ވިޔަފާރިތައް ކުރިއަށް ގެންދަން ފުރުސަތު ދީގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން ކަމަށެވެ.

މާލޭގައި ކޮންޓްރޯލެއް ނެތި ހަލުވިކަމާއި އެކު ކޮވިޑް19 ފެތުރެމުން އަންނައިރު އެޗްޕީއޭއިން ލަފާކޮށްފައިވާ ގޮތުގައި މިފެށޭ އޮގަސްޓު މަހު ގިނަ ބަޔަކަށް ބަލިޖެހުމުގެ ފުރުސަތު ބޮޑެވެ.