ސިޔާސީ ޕާޓީތަކުން ގާނޫނާއި ގަވާއިދުތަކަށް ބޯލެނބުމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހްމަދު އަކްރަމް އިލްތިމާޒްކޮށްފި އެވެ.
ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް19 ފެތުރެމުންދާ މި ދަނޑިވަޅު އިދިކޮޅު ޕީޕީއެމް/ޕީއެންސީން ފަށާފައިވާ ސިލްސިލާ މުޒާހަރާތައް ފަށާފައިވާ މި ދަނޑިވަޅު އަކްރަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް-19 ގެ ހާލަތު ގޯހުން ގޯހަށް ދާއިރު، ﷲ ގެ އިރާދަފުޅާ އެކު މި ހާލަތު ބަދަލު ކުރަން އެންމެން އެކުގައި ތެދުވަން ޖެހޭ ކަމަށެވެ.އަދި ކޮވިޑްގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނަ މިދަނޑިވަޅުގައި ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތްތައް ހިންގަންވާނީ ގާނޫނުތަކާއި ގަވާއިދުތަކަށް ބޯލަނބައި އިންސާނީ ކަރާމާތައް އިސްކަންދީގެންކަމަށް އަކްރަމް ވަނީ ވިދާޅުވެފައެވެ.
Covid ge haalathu goahun goahah dhaairu, Allah ge iraadhafulhaai eku mi haalathu rangalhu kurumah ehmen ekugai thedhuvan jehey, siyaasee party thakun siyaasee harakaaithah hinganvaanee gaanoonuthakaai gavaaidhu thakah boalabaa insaanee karaamaathaai salaamathah iskandheegen.
— Ahmed Akram (@akram4535) July 28, 2020
އަކްރަމް މިހެން ވިދާޅުވެފައިވާއިރު އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވާ ކަމަށް ބުނެ ސަރުކާރުން އުޅެނީ ބިރު ދައްކަން ކަމަށާއި ހައްޖު ދުވަހުގެ ރޭ ފިޔަވައި ކޮންމެ ރެއަކު މުޒާހަރާތައް ކުރިއަށް ގެންދާނެކަމަށެވެ.