English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަން ކައިރީ ހުޅުދޫ ރައްޔިތުން މުޒާހަރާކުރަން ފަށައިފިއެވެ.

މިއަދު މެންދުރުފަހު 15:00 ހާއިރު ފެށި މި މުޒާހަރާއަކީ ފުވައްމުލަކު ސިޓީގައި އަންހެނެއްގެ ގާތަށް ވަދެ އޮތްވާ ފެނުނު ފުލުހަކު ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ބަދަލުކުރުމާއި، ހުޅުމީދޫގައި މަސައްކަތްކުރާ ފުލުހަކު މީހެއްގެ އަންބެއްގެ ކައިރިއަށް ވަން މައްސަލައާއި ގުޅިގެން ކުރިއަށް ގެންދާ މުޒާހަރާއެކެވެ. މި މުޒާހަރާގެ ބައިވެރިންވަނީ މިފަދަ އަމަލުތައް ކުރަމުންދާ ފުލުހުންނާއި މެދު އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް ގޮވާލަމުންނެވެ.

މިދިޔަ ޑިސެމްބަރު މަހު 18 ވަނަ ދުވަހު ފުވައްމުލަކު މީހަކާ އިނދެގެން އުޅޭ އަންހެނެއްގެ ގާތަށް ފުލުހަކު ވަން މައްސަލަ އާއި ގުޅިގެން އެ ރަށުގައިވެސް ވަނީ އިހްތިޖާޖުކޮށްފައެވެ.