English Edition
Dhivehi Edition

ޕީޕީއެމް އޮފީހަށް ދެވެން އޮތް ހުރިހާ މަގެއް އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށް ފުލުހުން ބެރިކޭޑު ޖަހައިފި އެވެ.

އިދިކޮޅު ކޯލިޝަނުގެ ކޮންމެ ދުވަހު ކުރާ، މުޒާހަރާތައް އެ ޕާޓީގެ އޮފީސް ކައިރިން ފަށާއިރު، މިއަދުވެސް އެކޯލިޝަނުންވަނީ މާލޭގައި މުޒާހަަރާ ކުރަން ނިންމާފައެވެ.

މިދިޔަ ހަފްތާގައިވެސް އިދިކޮޅުން، ބޮޑު މުޒާހަރާއެއް ބާއްވަން ތައްޔާރުވެފައިވަނިކޮށް ފުލުހުން ވަނީ މުޒަހާރާ ފެށުމުގެ ކުރިން ކޯލިޝަންގެ ލީޑަރުންނާއި ކައުންސިލް މެމްބަރުންގެ އިތުރުން ބައެއް އާންމުންވެސް ހައްޔަރުކޮށްފައެވެ. އަދި ޕީޕީއެމް އޮފީސް ބަންދުކޮށްފައިވާއިރު ފުލުހުން ބުނީ ބަލިމަޑުކަމުގެ މި ދަނޑިވަޅުގައި އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ގޮތަށް އެއްވުންތައް ބާއްވައި ކަންކަން ހިންގުމަށް ފުރުސަތު ނުދޭނެކަމަށެވެ.

އިދިކޮޅުން މިއަދު މުޒާހަރާއަށް ނުކުންނަށް ތައްޔާރުވެފައި ވަނިކޮށް، ރޭ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވެސް ވަނީ މަގުތަކަށް އެއްފަހަރާ ފަސް މީހުންނަށްވުރެ ގިނަ މީހުން އެއްވުން މަނާކޮށްފައެވެ