English Edition
Dhivehi Edition

އިދިކޮޅު ކޮލިޝަނުން މިއަދު މާލޭގައި ކުރިއަށް ގެންދިޔަ މުޒަހާރާގެ ތެރެއިން 23 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މިއަދުގެ މުޒާހަރާގައިއިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲވެސް ވަނި ހައްޔަރުކޮށްފައެވެ.

މިއަދުވެސް އިދިކޮޅު މުޒާހަރާ ފެށުމުގެ ކުރިން ޕީޕީއެމްގެ އޮފީސް ހިމެނޭ ސަރަހައްދު ބަންދުކޮށްފައިވާއިރު، މީގެ ކުރިން ށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ސުލްހަވެރި ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދޭނެކަމަށް ވިދާޅުވެފައެވެ. އިމްރާން ވިދާޅުވީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް އަބަދުމެ ފުރުސަތު އޮންނަވާނެކަމަށެވެ، “ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް އަބަދުމެ ފުރުސަތު އޮންނަވާނެ. އޭރުން ރައްޔިތުންނަށް އަބަދުމެ ފަހިވާނެ. އެ މަގަށް އެންމެ ފަހިވާނެހެން މި ސަރުކާރުން ފުރުސަތު ދޭނެ” އިމްރާން ވިދާޅުވިއެވެ.

އިމްރާން މިހެން ވިދާޅުވެފައިވާއިރު މީގެ ކުރިންވެސް އިދިކޮޅު ފަރާތްތަކުން ބާއްވަން ތައްޔާރުވަމުން ދިޔަ އެއްވުން ގާނޫނާއި ގަވައިދުތަކާ ހިލާފުކަމަށް ބުނެ މުޒާހަރާ ފެށުމުގެ ކުރިން ފުލުހުންވަނީ ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ. އަދި މިދިޔަ ހުކުރު ދުވަހުވެސް ފުލުހުންވަނީ ޕީޕީއެމް އޮފީހަށް ދެވެން އޮންނަ ހުރިހާ މަގެއް ބަންދުކޮށްފައެވެ.