English Edition
Dhivehi Edition

ރާއްޖެ އަލުން އަނބުރާ ބަންދު ކުރުމުގެ ވިސްނުމަކީ ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރާއީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރާއްޖޭގައި ކޮންޓްރޯލެއް ނެތި ކޮވިޑް19 ފެތުރެމުންދިއުމާއި ގުޅިގެން ރާއްޖެ އަލުން ލޮކްޑައުންއަކަށް ދާންޖެހޭ ކަމަށާއި ސަރުކާރުން ބަލިކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް ހަރުދަނާ ކުރަންޖެހޭ ކަމަށް ބުނެ ގިނަ ބަޔަކު ވާހަކަދައްކަމުން އަންނަ ދަނޑިވަޅެއްގައެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ކޮވިޑް ރޯގާ އާއި އެކު އުޅޭނެ ގޮތް ހޯދަން ޖެހޭ ކަމަށާއި ރޯގާއިން ސަލާމަތްވުމަށް ގައުމު ބަންދުކޮށް ރައްޔިތުން ބަގުރޫޓްވުމަށް ޖާގަ ދީފިނަމަ ލިބޭނެ ގެއްލުން މާ ބޮޑުވާނެކަމަށްވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާ ކޮވިޑް-19ގެ ކޭސްތައް އިތުރުވެ އިއްޔެ އެކަނިވެސް 137 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.