English Edition
Dhivehi Edition
ފޮޓޯ:ވަގުތު އޮންލައިން

ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމުން މުހައްމަދު ނަޝީދު ވަކިކުރުމަށް އެމްޑީޕީން ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ ގަރާރުގެ ނޯޓިސް އެ މަނިކުފާނަށާއި މަޖިލީހުގެ މެމްބަރުންނަށް ފޮނުވައިފިއެވެ.

މަޖިލީހުގެ އިދާރާ އިން ބުނީ އެމްޑީޕީގެ 49 މެންބަރުން ސޮޔާ އެކީ މަޖިލީހަށް ވައްދާފައިވާ ގަރާރުގެ ނޯޓިސް، މަޖިލީހުގެ ގަވާއިދުގެ ދަށުން ރައީސް ނަޝީދު އަށާ މަޖިލީހުގެ މެމްބަރުންނަށް ފޮނުވާފައިވާ ކަމަށެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތަށް ނޯޓިސްގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އެންމެ އަވަހަށް އަންނަ ރަސްމީ ދުވަހަކު ބާއްވާ ޖަލްސާ އަށް އެ ގަރާރު ހުށަހަޅަން ޖެހޭނެއެވެ، އެހެންކަމުން 14 ދުވަހުގެ މުއްދަތު ހަމަވެ، މި މަހުގެ 29 ގައި ޖަލްސާއެއް ބާއްވާ، އެ ގަރާރު އެޖެންޑާ ވެސް ކުރަން ޖެހެއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މީގެކުރިންވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓާ ދިމާކޮށް މަޖިލީހުގެ އެމްޑީޕީ މެމްބަރުން ވަނީ އެ މައްސަލަ އަބުރާ ނަގާފައެވެ. އެހެން ނަމަވެސް ރިޔާސީ އިންތިހާބުގައި އެމްޑީޕީ އަށް ކުރިމަތިވި ނާކާމިޔާބީ އާއި އެކު އަނެއްކާވެސް އެމްޑީޕީ މެމްބަރުން ވަނީ މި މައްސަލަ މަޖިލީހަށް ހުށަހަޅާފައެވެ.