English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލިހުގެ މަޖިލީހުގެ ރައީސްކަމުން މުހައްމަދު ނަޝީދު ވަކިކުރުމަށް ވިސްނަން ފަށައިވާ ކަމަށް އެމްޑީޕީ އިން ބުނެފިއެވެ.

އެމްޑީޕީ އިން މިކަން ހާމަކުރީ ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެމްޑީޕީގެ ޕީޖީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބުދުﷲ ޝަފީގު ވިދާޅުވީ ނަޝީދު ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތުގައި އަދިވެސް އިންނެވީ އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ކަމުގައެވެ.

ޗާގޯސް މައްސަލައިގާ ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލައިގާ މަޖިލީހުގެ ފްލޯ ގެންދެވި ގޮތާއި މެދު އެމްޑީޕީގެ މެމްބަރުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ވެރިކަން ކުރާ ޕާޓީތަކުގެ މައި ޕާޓީ އެމްޑީޕީ ބައިބައިވެ، އުފެދުނު ދަ ޑިމޮކްރެޓްސް އުފެއްދުމުގައި ވެސް ރައީސް ނަޝީދު އިސްދައުރެއް އަދާކުރައްވާފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދު ކުރާ އެމްޑީޕީ މެމްބަރުން ގެންދަވަނީ ރައީސް ނަޝީދަށާއި ދަ ޑިމޮކްރެޓްސް ގެ މެމްބަރުންނަށް ބަުގެ ހަމަލާތައް ރައްދުކުރަމުންނެވެ.

މެމްބަރު މުހައްމަދު އަބުދުﷲ ޝަފީގު ވިދާޅުވީ މަޖިލިހުގެ ރައީސް މަޖިލިސް ކުރިޔަށް ގެންދަނީ މަޖިލިހުގެ ގަވާއިދާ ޚިލާފަށް ކަމަށާއި އެކަން އެގޮތަށް ތަކުރާރު ވަމުންދާތީ ނަޝީދު މަޖިލިސް ރައީސްކަމުން ދުރު ކުރުމާމެދު ވިސްނަމުންދާކަމަށެވެ.

އެހެންނަމަވެސް އެމައްސަލައާއި ގުޅޭގޮތުން އަދި ވަކިގޮތަކަށް ނިނާމާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

މުހައްމަދު އަބުދުﷲ ޝަފީގު ފާހަކުރެއްވި ގޮތުގައި މަޖިލިސް ފްލޯ ކުރިޔަށް ގެންދަވަން މަޖިލިސް ރައީސް މަސައްކަތް ކުރައްވާފައިވަނީ ސުވާލާއި ޖަވާބު ސެޝަނެއްގެ ގޮތުގައި ކަމަށާއި ނަމަވެސް ވަޒީރެއްގެ ނޯ ކޮންފިޑެންސްގެ މައްސަލައަކީ ތުހުމަތުތަކުން ދިފާއުވުމަށް ވަޒީރަށް ފުރުސަތު ދީގެން ކުރިޔަށް ގެންދަންޖެހޭ ސެޝަނެއްކަން ކަމަށެވެ.