އައްޑޫ ސިޓީ މިދޫ އެއްލަކިން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ފޭދޫ ދައިރާގެ މެމްބަރު ދެއްކެވި ވާހަކައަށް މަރަދޫފޭދޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ރައްދު ދެއްވައިފިއެވެ.
އައިބީ ގެ ވާހަކަތަކަށް ރައްދުދެއްވަމުން ރޮޒައިނާ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މީދޫ ދާއިރާގެ މެމްބަރަކީ އެވަގުތު ރައްޔަތުންގެ ހައްގުގައި ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކުރާނެ މެމްބަރެއް ކަމުގައެވެ. އަދި އޭއީ ކެމެރާމަނެއް ކަމުގައިވިޔަސް އަދި ގާޑިޔާ ދަމާ މީހެއްކަމުގައިވިޔަސް ރައްޔަތުންގެ ހައްގުގައި ކޮންމެ ކަމެއްވެސް ކުރައްވާނެ ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ. ރޮޒައިނާގެ ވާހަކައަށް ތާއީދުކުރައްވާ ހުޅުދޫ ކައުންސިލް މެމްބަރު އިބްރާހީމް ޝުކުރީވެސް ވަނީ އައިބީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
މީދޫ އެއްލަކިން ޖަގަހަ ހުޅުވުމަށް ބޭއްވި ހަފްލާގައި އައިބީ ވަނީ ރޮޒައިނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މި ގޮތުން އައިބީ ވިދާޅުވެފައިވަނީ ރޮޒައިނާ އަކީ ރާއްޖެ ޓީވީގެ ކެމެރާމަނެއް ކަމުގައެވެ.