English Edition
Dhivehi Edition

ރޭގަނޑު 12 ގެ ފަހުން މަގުމައްޗަށް ނިކުތުމަކީ ކުށެއްކަން އެނގޭއިރު އެގޮތަށް އެކަން ކުރަނީ ސަރުކާރު ވައްޓާލަން ކަމަށް ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމްދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

ޗެނަލް 13 ގައި ވާހަކަ ދައްކަވަމުން އައިބީ މިގޮތަށް ވިދާޅުވެފައިވާއިރު ޓްވިޓާގައި ވެސް އައިބީ ވަނީ މިގޮތަށް ވިދާޅުވެ ޓްވީޓްވެސް ކޮށްފައެވެ.

އައިބީ މިގޮތަށް ވިދާޅުވެފައިވަނީ ރޭ ސްޕްރީމްކޯޓުން ކުރި ޙުކުމާ ގުޅިގެން ހުރިހާ ސިޔާސީ ކުށްވެރިން ދޫކުރުމުން އާންމު ރައްޔިތުން މާލޭގެ މަގުމައްޗަށް ނިކުމެ އުފާފާޅުކުރުމުންނެވެ.

ރާއްޖޭގެ ސިޔާސީ މަސްރަޙު ހަލަބޮލި ވުމާ ގުޅިގެން މީގެ ކުރިން ވަނީ ރޭގަނޑު 12 ގެ ފަހުން މަގުމައްޗަށް ނިކުމެ އެއްވެ އުޅުމަކީ ކުށެއް ކަމުގައި އަންގާފައެވެ.