English Edition
Dhivehi Edition
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ނިއުސްޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ: ފޮޓޯ ޗެނަލް13

ކައުންސިލްތައް ބާރުދީގެން ރައްޔިތުންނަށް ޚިދުމަތް ދިނުމަކީ އެކަން ކުރަންޖެހޭ ގޮތް ކަމަށްވިޔަސް، ރާއްޖޭގައި އެގޮތަށް ކަންތައް ކުރުމަށްޓަކައި އިންތިޚާބުވާ ކައުންސިލަރުން ތައްޔާރު ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

ޗެނަލް13ގެ ނިއުސްޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވީ ކައުންސިލްތައް ބާރުވެރިކުރުވައިގެން، ރައްޔިތުންނަށް ޚިދުމަތް ދިނުމަކީ މިހާރު މިއޮތް ނިޒާމުގެ ތެރެއިން އެކަން ކުރަންޖެހޭ ގޮތް ކަމަށެވެ. ނަމަވެސް ރާއްޖޭގައި އެގޮތަށް ކަންތައް ކުރުމަށްޓަކައި އިންތިޚާބުވާ ކައުންސިލަރުން އެކަމަށް ތައްޔާރުވެފައި ނުވާ ކަމަށް ވިދާޅުވިއެވެ. އެނާ ވިދާޅުވީ ސިޓީ ކައުންސިލްތަކާ ހަވާލުކުރުމަށް ނިންމާފައިވާ މަސްއޫލިއްޔަތުތައް އެބޭފުޅުން، މިހާރު އަދާކުރައްވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

“ސިޓީ ކައުންސިލްތަކާ ހަވާލުކުރުމަށް ނިންމާފައިވާ މަސްއޫލިއްޔަތުތައް އެބޭފުޅުން، މިހާރު އަދާކުރައްވާނެ ކަމަށް ޤަބޫލުކުރަން. އެމީހުންނަށް ކަމުނުދިޔައީ ކުރީގެ ސަރުކާރު. އެކަމަކު މިހާރު ރާއްޖޭގައި މި އޮތީ އެންޑީޕީ ސަރުކާރެއް. މިހާރު އެ މަސްއޫލިއްޔަތުތައް އެމީހުން އަދާކުރާނެ. ކައުސިޓީ ކައުންސިލްތަކާ ހަވާލުކުރުމަށް ނިންމާފައިވާ މަސްއޫލިއްޔަތުތައް އެބޭފުޅުން، މިހާރު އަދާކުރައްވާނެ ކަމަށް ޤަބޫލުކުރަން. ކަންސިލްތައް ބާރުވެރިކުރުވައިގެން، ރައްޔިތުންނަށް ޚިދުމަތް ދިނުމަކީ މިހާރު މިއޮތް ނިޒާމުގެ ތެރެއިން އެކަން ކުރަންޖެހޭ ގޮތް. އެކަމަކު ރާއްޖޭގައި އެގޮތަށް ކަންތައް ކުރުމަށްޓަކައި އިންތިޚާބުވާ ކައުންސިލަރުން ތައްޔާރެއް ނޫން.” އިބްރާހިމް ދީދީ ވިދާޅުވިއެވެ.

ފޭދޫ ދާއިރާގެ މެމްބަރު ވިދާޅުވީ ޤާނޫނުގައި ވާގޮތަށް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި ދީފައިވާ ބާރުތަކާ، އުސޫލުތަކާ އެއްގޮތަށް ކައުންސިލަރުންގެ މަސައްކަތްތައް ފަށައިގަނެ، ތަބާވާން ފަށައިފިނަމަ، އެ ނިޒާމު ވާނީ ވަރަށް ރަނގަޅު ނިޒާމަކަށް ކަމަށެވެ.

އައިބީ މި ގޮތަށް ވިދާޅުވެފައިވާއިރު، ސިޓީ ކައުންސިލުގެ ބާރުތަކާއި ސިޓީ ކައުންސިލުން ދޭ ޚިދުމަތްތައް ވަޒީރުންގެ މަޖިލިހުން ކަނޑައެޅުއްވި އިރު ކައުންސިލްތަކަށް މާގިނަ ބާރުތަކެއް ދެއްވަވާފައެއް ނުވެއެވެ. ސަރުކާރުން ކަންސިލްތަކަށް ދޭން ނިންމާފައިވަނީ އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރިކޯޑް ބެލެހެއްޓުމާއި ސަރުކާރުގެ ކަމާބެހޭ އިދާރާ އިން އަންގާ ގޮތެއްގެ މަތިން ތަފާސް ހިސާބު ނަގައި ބެލެހެއްޓުމާއި ސިޓީއެއްގެ ރަޖިސްޓްރީގައި ރަށްވެހިފައިވާ މީސްމީހުންނާއި ރަށްވެހި ނުވެ، ދިރިއުޅެމުންދާ މީހުންނާއި ސިޓީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުން ފަދަ ކަންތައްތަކެވެ. މީގެ ސަބަބުން އައްޑޫސިޓީ ކައުންސިލުން ވެސް ވަނީ އެކަމާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށް ގަރާރެއްވެސް ނެރެފައެވެ.