English Edition
Dhivehi Edition
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް - ފޮޓޯ: މަޖިލިސް

ބޭނުންވާ ޕީޕީއީ އެބަހުރި ކަމަށް ކޮވިޑް-19 އާއި ގުޅިގެން އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ ޓާސްކް ފޯސް އިން މިއަދުވެސް ބުނި ކަމަށް އައްޑޫ ސިޓީ މީދޫ އަދި މަރަދޫފޭދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒެއިނާ މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައި ބޭނުންކުރާނެ މާސްކާއި ސެނިޓައިޒާ ނެތް ކަމަށް އެ ހޮސްޕިޓަލުން ބުނުމާއި ގުޅިގެން އާންމު ރައްޔިތަކު އެކަމަށް ފާޑު ކިޔައި ކުރި ޓްވީޓަކަށް ރައްދު ދެއްވަމުން ރޮޒެއިނާ ވިދާޅުވީ މިއަދުވެސް އައްޑޫ ޓާސްކް ފޯސް އާއި ހަވާލުވެ ހުންނެވި އެންމެ އިސް ފަރާތުން ވިދާޅުވީ އެއްޗެހި އެބަހުރި ކަމަށެވެ.

“އެކަމު އަދިވެސް މިކަން ކަށަވަރުކޮށް ހައްލު ހޯދުމަށް އަޅުގަނޑުމެން އެންމެން މަސައްކަތް ކުރާނަން”، ރޮޒެއިނާ ވިދާޅުވެފައި ވެއެވެ.

ރޮޒެއިނާ މިހެން ވިދާޅުވިއިރު، އައްޑޫ ގައި ކޮންމެވެސް ވަރަަކަށް ޕީޕީއީ އެބަހުރި ކަމަށާއި އެހެންނަމަވެސް އެކަންމެ އެކަށީގެންވާ އަދަދަށް ޕީޕީއީ ނެތްކަމަށް އައްޑޫ ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފުއްސާދަތު ވަނީ މިއަދު ވިދާޅުވެފަ އެވެ.

ކޮވިޑް 19 އަށް އައްޑޫސިޓީން މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން މިއަދު އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އޭއީއޯސީ) ބޭއްވި ނޫސް ކޮންފަރެންސްގައި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފު ސާދާތު ވިދާޅުވީ ކޮވިޑް-19 ގައ ބޭނުންކުރާނެ ޕީޕީއީގެ ކޮންމެވެސް ވަރެއް އައްޑޫއަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެންމެ ބޭނުންވާ މިންވަރަށް ޕީޕީއީ ނެތްކަމަށެވެ.

ކޮވިޑް 19 އަށް ޕޮޒިޓިވް ވި މީހާ އަށް އިއްޔެ އޭއީއެޗްގައި ފަރުވާ ދީފައިވަނީ ޕީޕީއީ ބޭނުން ނުކޮށް ކަމަށް ވެސް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

3 ކޮމެންޓް
Kamey
މެއި 10, 2020
Ekasheegen vanee kihaa varkah hureema tha..
ސެހެނާޒް
މެއި 10, 2020
ބަލަގަ އައިޖީއެމްއެޗްގެ ޕްރައިވެޓް ވޯޑު 1އަށް، އައު މީހަކާ ހަވާލުކޮށްގެން އެތާގައި ވެސް ކުދިންނަށް ތިޔަ ސާމާނު ހުރިތޯ އޭނައަކަށް ނުބެލޭ، ނުބެލޭތާ އޭނަ ޔަކަށް ނަރުހުން މެނޭޖް ވެސް ނުކުރެވޭ، އަޑުއަހާކަހަލަ ހިންގުންތެރިއެއް ލާބަލަ އެތަނަށްވެސް. އެތާ ކޮވިޑް ޓެސްޓުކޮށްފައި ގެންނަ މީހުންވެސް ، އެހެނިހެން ކޮވިޑް ނެތް މީހުންވެސް އެޑްމިޓް އެކުރަނީ. ބޮޑުވަރު އެއީ..
ާއަލީ
މެއި 10, 2020
ބޭނުން ނުކުރީމަ ހުހެއްނުވާނެ އޭރުން އަބަދުވެސް ހުންނާނެ. ރަގަޅު ގޯހެއް ނޫން