English Edition
Dhivehi Edition

ބޮލީވުޑްގައި ހޭދަކުރި މަދު ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ ލޯތްބާއި އިހްތިރާމް ހޯދާފައިވާ ސުޝާންތު ސިންގް ރާޖްޕުތްގެ ‘ދިލް ބޭޗާރާ’ އަކީ އޭނާގެ ސަޕޯޓަރުންނަށް ވަރަށް ހާއްސަ ފިލްމެކެވެ.

މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު ސުޝާންތު ގެ ކުއްލި މަރާއެކު ގިނަ ބަޔަކަށް ބޮޑު ހައިރާންކަމަކާއި ހިތާމައެއް ލިބިގެންދިޔައިރު އަދިވެސް އޭނާގެ ސަޕޯޓަރުންނަށް އެހިތާމައިން އަރައިގަނެވިފައެއް ނުވެއެވެ. ސުޝާންތުގެ ވަކިވެދިއުމަކީ ބޮލީވުޑަށް ލިބިގެންދިޔަ ފޫނުބެދޭ ވަރުގެ ގެއްލުމެއްކަމުގައި ގިނަ ބަޔަކު ބުނެފައިވާއިރު މިހާރު އޭނާގެ ސަޕޯޓަރުން އެންމެ އިންތިޒާރު ކުރަނީ ދިލް ބޭޗާރާ އިން ސުޝާންތު ގެ ހުނަރު ބަލާލުމަށެވެ. މި މަހުގެ 24ވަނަ ދުވަހު އޮންލައިންކޮށް ސްޓީރިމިން ޕްލެޓްފޯމެއް ކަމަށްވާ ޑިސްނީ ޕްލަސް ހޮޓްސްޓާއިން މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު މި ފިލްމުގެ ޓްރެއިލަރ 24 ގަޑިއިރު ތެރޭގައި 20 މިލިއަން މީހުން ވަނީ ބަލާފައެވެ. އަދި މި ޓްރެއިލަރ ރިލީޒްކުރިތާ ދެ ގަޑިއިރުގެ ތެރޭގައި ޓްރެއިލަރއަށް 4.3 މިލިއަން ލައިކްސް ވަނީ ލިބިފައެވެ.

ސުޝާންތު ގެ ހަނދާނުގައި ދިލް ބޭޗާރާގެ ލަވަކިޔުންތެރިން އޭނާއަށް މިއުޒިކަލް ޓްރިބިއުޓެއް ދީފައިވާއިރު ކޮންމެ ލަވައެއްވެސް ފެށުމުގެ ކުރިން ލަވައާ މެދު ވާހަކަ ދައްކާލުމަށްފަހު, ޓްރިބިއުޓް ނިންމާލީ ސުޝާންތަށް ހާއްސަކޮށް ބަސްކޮޅެއް ބުނެލުމަށްފަހުއެވެ. އަދި ފިލްމު ޝޫޓިން ކުރިއަށް ގެންދިޔައިރު ވީޑީއޯ ކުރި ސުޝާންތުގެ ކުދި ކުދި ވީޑިއޯކޮޅުވެސް ވަނީ އެ ޓްރިބިއުޓްގައި ހިއްސާކޮށްފައެވެ.

View this post on Instagram

Video Courtesy: @castingchhabra

A post shared by Swastika Mukherjee (@swastikamukherjee13) on

 

މީގެ އިތުރުން ފިލްމުގެ ޝޫޓިން ކުރިއަށް ދިޔަ އިރު ނަގާފައިވާ ފޮޓޯތައްވެސް މިހާރު ވަނީ ސޯޝަލް މީޑީއާއަށް ދޫކޮށްލާފައެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ފޮޓޯތައް: