English Edition
Dhivehi Edition

މިދިޔަ އަހަރު މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގ ރާޖްޕުތަށް ހާއްސަކޮށް އުފައްދާފައިވާ ފިލްމެއް ކަމަށްވާ “ނިއާއޭ: ދަ ޖަސްޓިސް”ގެ ޓްރެއިލާ ދައްކާލައިފިއެވެ.

މިފިލްމަކީ ސުޝާންތުގެ ހަޔާތަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މިފިލްމުގެ ތަރިންގެ ގޮތުގައި ފެނިގެންދާނީ ޓީވީ އެކްޓަރު ޒުބަރު ޚާން އާއި ޝްރެޔާ ޝުކްލާއެވެ. ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީގެ ރޯލު ކުޅެފައި ވަނީ ޝްރެޔާއެވެ. މިފިލްމުން ޒުބަރު ޚާން ފެނިގެންދާނީ ސުޝާންތުގެ ރޯލުންނެވެ. މަހޭޝް ބަޓްގެ ރޯލުން ފެންނާނީ އަރޫން ބަކްޝީއެވެ.

ފިލްމުގެ އެކްޓަރު ޒުބަރު ބުނީ މި ފިލްމަކީ ސުޝާންތުގެ ބަޔޮޕިކް އެއް ނޫން ކަމަށާއި މިއީ އޭނާގެ ހަޔާތުން އިންސްޕަޔާވެގެން އުފެއްދި ފިލްމެއް ކަމަށާއި މިއީ ސުޝާންތަށް ދޭ ޓްރިބިއުޓެއް ކަމަށެވެ.

މި ފިލްމުގައި ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ޝަކްތީ ކަޕޫރު، އާސްރާނީ އަދި ކިރަން ކުމާރު ވެސް ފެނިގެންދާނެއެވެ.

އެކްޓަރު ސުޝާންތުގެ މަރާ އެކު “ނިއާއޭ: ދަ ޖަސްޓިސް”ގެ އިތުރުން “ޝަޝަންކް”، “ސުއިސައިޑް މާޑާ އޯ” އަދި “ސުޝާންތު”ގެ ނަމުގައި ފިލްމެއް ހަދަން ވަނީ ނިންމާފައެވެ.