English Edition
Dhivehi Edition

އެމްޑީޕީން ވެރިކަމަށް އައީ އިންސާފުގެ ދަތުރާއި ޝަރުއީ ދާއިރާ އިސްލާހް ކުރުމުގެ ވާހަކަ ދައްކައިގެން ކަމަށާއި ނަމަވެސް މިއަދު ފެންނަ މަންޒަރަކީ ޤާނޫނު އަސާސީގެ ރޫހާއި ހިލާފަށް ސީދާ ކޯޓު ތެރެއަށް ނުފޫޒު ފޯރުވާތަން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލައި ޕީޕީއެމް އިން ސިލްސިލާކޮށް ބާއްވަމުން ގެންދާ ބައްދަލުވުމުގައި، އައްސާން ވިދާޅުވީ 2013 އިން 2018 އަށް އައި ކުރު މުއްދަތުގެ ތެރޭގައި ރައީސް ޔާމީން ގެނެސްދެއްވި ތަރައްޤީ އާއި އެކު ރައްޔިތުންގެ ޖީބުތައް ތިޔާގިވެ، ޖީބުތައް ބަރުވެ އުފާފާގަތިކަން ލިބިގެންދިޔަ ކަމަށާއި އެހެންނަމަވެސް މިއަދު އެއް ދުވަހުން އަނެއް ދުވަހަށް ގައުމުގެ ހާލަތު ދަށްވަމުން ދާކަމަށެވެ.

ނުސީދާ ބަހުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަށް ފާޑުވިދާޅުވަމުން އައްސާން ވަނީ އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ރާއްޖޭގެ އިޤުތިޞާދު ފުނޑުފުނޑުވެ، ރައްޔިތުން ބިކަހާލުގައި ޖެހި އިސްލާމްދީނަށް ފުރައްސާރަ ކުރުން އިތުރުވެގެންދާކަން ފާހަގަކުރައްވާފައެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި ޝަރުޢީ ނިޒާމުގެ ތެރެއަށް އަތް ބޭނުން އިތުރު ވެގެންދާ ކަމަށާއި އެކަންތައް ވަނީ ވަކި ބޭފުޅެއްގެ އަތައް ހުރިހާ ބާރެއް ނަގަން މަސައްކަތް ކުރައްވާތީ ކަމަށް އައްސާން ވިދާޅުވިއެވެ.”ފެން އުކަން އިންނަ މީހާ، ދިޔަ ހިއްކަމުން، އެން އުކަމުން އެހެން ކަންތައްތައް ކުރަން ފަށައިފިނަމަ އޮޅުން ބޮޑުވެގެން ދާނެ. އޭރުން މުޅި އޮޑީގައި އޮންނާނީ ހަސަނުގެ ދެފައި. މިއަދު މިފެންނަނީ އެމަންޒަރު.” ރައީސް ނަޝީދުއަށް އިޝާރަތްކުރައްވާ އައްސާން ވިދާޅުވިއެވެ، މި ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން އައްސާން ވިދާޅުވީ އެމްޑީޕީގެ ސަރުކާރު މިއޮތީ އޮޅުންސުވާލިއެއް ހެން އޮޅިފައި އޮތް ކަންވާރެއްހެންކަމަށެވެ.