English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ބަތަލާ އައިޝްވާރިއާ ރާއީ އާއި ދަރިފުޅު އަރަދިއާ ބައްޗަން, ކޮވިޑް19އަށް ޕޮޒިޓިވްވެ ހާލު ގޯސްވާތީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ.

މި މަހުގެ 12 ވަނަ ދުވަހު އައިޝްވާރިއާ އާއި އަރަދިއާ ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މީގެ ކުރިން އެމީހުންނަށް ފަރުވާދެމުން އައީ ހޯމް ކަރަންޓީނުގައި ބައިތިއްބައިގެންނެވެ. އެހެނެންމަވެސް ދެމީހުންގެ ހާލު ގޯސްވުމާއި ގުޅިގެން ހުކުރު ދުވަހު މުމްބާއީގެ ނަނަވާތީ ހޮސްޕިޓަލްގައިވަނީ އެޑްމިޓްކޮށްފައެވެ. ދެމައިންނަށް ހޯމް ކަރަންޓީނުގައި ފަރުވާ ދެމުން ދަނިކޮށް ހޮސްޕިޓަލްގައި އެޑްމިޓްކުރީ ސިއްހީ ގޮތުން ކޮން ކަހަލަ ނުރައްލެއް ދިމާވެގެން ކަން މީހާތަނަށް ސާފުވެފައި ނުވެއެވެ.

އާމިތާބް ބައްޗަން އާއި އަބީޝެކް ބައްޗަންވެސް ކޮވިޑް19އަށް ޕޮޒިޓިވްވެފައިވާއިރު، މި ދެމީހުންނަށް ފަރުވާދިނުމަށް، ނަނަވާތީ ހޮސްޕިޓަލްގައިއެޑްމިޓްކޮށްފައިވަނީ މިމަހުގެ 11ވަނަ ދުވަހުއެވެ.މިހާތަނަށް ބައްޗަން އާއިލާގެ 04 މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އާއިލާގެ ގިނަ ބަޔަކާއި އެ މީހުންގެ މުވައްޒަފުންތަކެއް ވެސް ޓެސްޓްކޮށްފައިވާއިރު އެ އެންމެންގެ ނަތީޖާ ވަނީ ނެގެޓިވްވެފައެވެ.

ބޮލީވުޑްގެ މަޝްހޫރު މި އާއިލާ ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ގިނަ ބަޔަކު ހިތާމަފާޅުކޮށްފައިވާއިރު، ހޮސްޕިޓަލްގައި އެޑްމިޓްކުރި ފަހުން އަމީތާބް ކުރި ޓުވިޓެއްގައިވަނީ އާއިލާގެ މީހުންގެ ހާލު ގޯސް ނޫން ކަމަށާއި ފޭނުން ކަންބޮޑުނުވުމަށް އިލްތިމާސްކޮށްފައެވެ.

ކޮވިޑް19ގެ ނުރައްކާ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާއިރު، މި ބަލި އެއްވެސް ކޮންޓްރޯލެއް ނެތި ހަލުވިކަމާއެކު އިންޑިއާގައި ފެތުރި، މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދުވަނީ މިލިއަނަކަށް އަރާފައެވެ.