English Edition
Dhivehi Edition

މީދޫ ޔޫތު ޗެލެންޖް 2020 ގެ ފުރަތަމަ މެޗު ފަސޭހަކަމާއެކު ކާމިޔާބުކޮށް، ކްލަސްޓާ އެފްސީ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މިއަދު މީދޫ ރަސްމީ ދަނޑުގައި ފެށިގެން ދިޔަ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބްލެކް ހޯކްސް އާއި ބައްދަލުކޮށް ކްލަސްޓާ އެފްސީ، މި މެޗު ކާމިޔާބު ކުރީ 5 ލަނޑު 2 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ކްލަސްޓާ އެފްސީގެ އިއްމާން(ޕެލޭ) އެ ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދީފައިވާއިރު އެ ޓީމްގެ ސާމިތް އާއި ނަޒާންވަނީ ކޮންމެ ކުޅުންތެރިއަކަށް އެއް ލަނޑު ކާމިޔާބުކޮށްދީފައެވެ.

ބްލެކް ހޯކްސް އިން ކްލާސްޓާ އެފްސީގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާފައިވާއިރު އެ ޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ލުއެއްޔުއެވެ. އެ ޓީމަށް ކާމިޔާބުކުރެވުނު ދެވަނަ ގޯލަކީ ކްލަސްޓާ ގެ ގޯލްކީޕަރު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގެ ދެވަނަ ހާފްގައި ދެ ޓީމުންވެސް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު މެޗުގެ ފަސްވަނަ ލަނޑު ކްލަސްޓާ އަށް ކާމިޔާބުކޮށްދިނީ ނަޒީރްއެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުޅި މެޗުގައިވެސް ވަރުގަދަ ކުޅުމެއް ކުޅެ ކްލަސްޓާ އަށް ދެ ލަނޑު ކާމިޔާބުކޮށްދިން އިއްމާންއެވެ.

މާދަމާވެސް މި މުބާރާތުގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު މާދަމާގެ މެޗުގައި ބައްދަލުކުރާނީ އެތްލެޓިކް އެފްސީ އާއި އެފްސީ އަމިގޮސް އެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް، ވާދައިގެ ތަށްޓާ އެކު ސެޓްފިކެޓް ދިނުމަށް ހަމަޖެހިފައި ވާއިރު ރަނަރއަޕް ޓީމް އަދި އެންމެ މޮޅު ހަތް ކުޅުންތެރިންގެ އިތުރުން އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ ހޮވުމަށް ވަނީ ހަމަޖެހިފައެވެ.