English Edition
Dhivehi Edition

ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީ މީދޫ ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވަން ނިންމެވުމަށްފަހު، ޢާއިޝަތު ޝޫޒާގެ ނަން އަބުރާ ގެންދިއުމުން ޕާޓީއަށް ވަރަށް ބޮޑަށް ގެއްލުންވެއްޖެކަމަށް އައްޑޫ ސިޓީ މީދޫ ދާއިރާގެ މަޖިލީސް މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އިންތިހާބު ބޭއްވުމަށް ކުރިން ނިންމި ތާރިހު ލަސްވުމާއި ގުޅިގެން ޝޫޒާ ނަން އަބުރާ ނަގާފައިވާއިރު މިކަމާއި ގުޅިގެން ރައްޔިތުން ކުރަމުންދާ ސުވާލުތަކަށް ޖަވާބުދެއްވަމުން ރޮޒައިނާ ވިދާޅުވީ ޝޫޒާ ނަން އަބުރާ ގެންދިޔައީ ރޮޒައިނާ އާއި މަޝްވަރާ ކުރުމަށްފަހު ނޫންކަމަށެވެ. “އަޅުގަނޑާއި އެ ވާހަކަ އެއްގޮތަކަށްވެސް ނުދައްކަވާ. މިހެން ކަންތައްކުރުމުން ޕާޓީއަށް ވަރަށް ބޮޑަށް ގެއްލުންވެއްޖެ. ޕާޓީގެ ފަރާތުން ދެން އެހެން ކެންޑިޑޭޓަކު ނުނެރެވޭނެ. އެހެންކަމުން ހަމަ ޔަގީނުންވެސް ޕާޓީއަށް މި ގޮނޑި ގެއްލުނީ” ރޮޒައިނާ ވިދާޅުވިއެވެ. އިތުރަށް ރޮޒައިނާ ވިދާޅުވީ ޕާޓީގެ ފަރާތުން ކުރިމަތިލައްވާ ކެންޑިޑޭޓުން މިފަދަ ނިންމުންތައް ނިންމުމުގެ ކުރިން ޕާޓީގެ ލީޑާރޝިޕާއި މަޝްވަރާކޮށްލުމަކީވެސް މުހިއްމުކަމެއްކަމަށެވެ. “ވަރަށް ދެރަ އޭނަ އެއްވެސް މަގެއް އިހްތިޔާރު ނުކުރެއްވިކަން” ރޮޒައިނާ ވިދާޅުވިއެވެ.

އެމްޑީޕީ ޓިކެޓުން ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫސިޓީ މީދޫ ދާއިރާއިން ނާދިޔާ ހަސަން އަދި ޝޫޒާ ވާދަކޮށް އެމްޑީޕީ ޓިކެޓު ޝޫޒާ ކާމިޔާބުކުރީ 34 ވޯޓުގެ ތަފާތަކުންނެވެ. ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ސިޓީތަކުން އަންހެނުންނަށް ހާއްސަކުރި ދާއިރާތައް ގުރުނެގިއިރު މީދޫ އަށް ލިބިފައިވަނީ ހަމައެކަނި އަންހެނުންނަށް ވާދަކުރެވޭ ގޮނޑިއެކެވެ. މި އިންތިހާބުގައި ޕީޕީއެމް ޓިކެޓްގައި އާމިނަތު ސާލިހާ ވާދަކުރައްވަން ނިންމާފައިވާއިރު މި ދާއިރާއަށް އަމިއްލަ ގޮތުން ރަޝީދާ އިބްރާހީމް ވާދަކުރައްވާނެއެވެ.

 

2 ކޮމެންޓް
ގުއިރޯނު
ޖުލައި 19, 2020
ރޮޒޭނާއައް ކޮންމެމަހަކު ދާމޫގަންޑުލިބުނަސް އެކުދިންގެ ވެރިކަމުގަވެސް މިިޖެހެނީ ގަނަތެޅެން އަދި ޕާޓީން ބަހާ އެތިކޮވެސް ލިބެނީހަމަ ބޮޑުންނައް
msx
ޖުލައި 16, 2020
Rozeynaa beynun vee gottha vege.magi behyya ge dhiya hova higee.