English Edition
Dhivehi Edition
އައިޝަތު ޝޫޒާ / ފޮޓޯ: ލުބްނާ އޭއޯ ނިއުސް

އަންހެނުންނާއި ކުޑަކުދިންނާއި ނިކަމެތިންގެ ހައްގުތައް ހޯދައިދޭން އައި މިނިސްޓްރީއަކުން، ހައްގުތައް ނިގުޅައިގެންފައިވާ ކަމަށާއި ނަފުސާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށް އާއިޝަތު ޝޫޒާ ވިދާޅުވެއްޖެއެވެ.

ޖެންޑާ މިނިސްޓްރީގެ “އެލްޑާލީ ޑިޕާޓްމަންޓު” ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ނިންމުމަށް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ އިސް މުވައްޒަފުންނާ އެކު، ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ކ. ގުރައިދޫގައި ހުންނަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މަރުކަޒު ވެސް ބަލަހައްޓާ އެ ޑިޕާޓްމަންޓުގެ ޑިރެކްޓަރު އާއިޝަތު ޝޫޒާ ވަނީ އޭނާއާ މެދު ތަފާތުކުރުން ގެންގުޅެ، ވަޒީފާއިން ވަކިވާން މަޖުބޫރުކުރި ކަމަށް ތުހުމަތުކުރައްވައިފައެވެ.

މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ޝޫޒާވަނީ ހެނުންނާއި ކުޑަކުދިންނާއި ނިކަމެތިންގެ ހައްގުތައް ހޯދައިދޭން އައި މިނިސްޓްރީއަކުން އޭނާގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށާއި ނަފުސާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ދީފައިވާކަމަށާއި މިއީ ހަމަ އެކަނި އޭނާ ތަހައްމަލުކުރަމުންދާ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި މިއީ މިނިސްޓްރީގެ އިތުރު މުވައްޒަފުން ވެސް އެކަން ތަހައްމަލު ކުރަމުންދާ ކަންތައްތައްކަމުގައި ޝޫޒާ ވިދާޅުވިއެވެ.

ކުރީގެ ޖެންޑާ މިނިސްޓްރީގެ އެސިސްޓެންޓް ކައުންސެލަރެއްގެ ވަޒީފާ އަށް 2007 ގައި ޓްރެއިނީއެއްގެ ގޮތުގައި ވަދެ، ފަހުން އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލްގެ މަގާމުގައި ހުންނެވި ޝޫޒާވަނީ މިނިސްޓްރީން އެއްވެސް ސަބަބެއް ނެތި އޭނާ ކުރަމުން އައި މަސައްކަތަށް ހުރަސް އެޅިކަމަށް ވިދާޅުވެފައެވެ. އެ ގޮތުން ޑިސެމްބަރު 2023 އާ ހަމައަށް އެއްވެސް މަގުބޫލު އުޒުރެއް ނެތި އޭނާ ކުރަމުން އައި ހުރިހާ މަސައްކަތެއް އޭނާ އަތުން އަތުލިކަމަށް ޝޫޒާ ވިދާޅުވިއެވެ. އަދި އެ މިނިސްޓްރީގައި އޭނާ މަސައްކަތް ކުރަމުން އައި ކޮމިޓީތަކުން ބޭރުކޮށް، އެޗްއޯޑީ ކަމުން ވަކިކޮށް މިނިސްޓްރީގެ އިސް ވެރިންގެ މީޓިން ތަކަށް ވަނުން މަނާކޮށް، މަގާމުގެ ހުރިހާ މަސައްކަތުން އާދައިގެ ކޭސް ވޯކަރަކަށް ބަދަލުކޮށްފައިވާކަމަށް ޝޫޒާ ވިދާޅުވިއެވެ. އިތުރަށް ޝޫޒާ ވިދާޅުވީ އެއްވެސް އުޒުރެއް ނެތި އަދި އެއްވެސް ސަބަބެއް ނުދައްކައި މި ގޮތަށް ކަންތައް ކުރުމުން ވީ ގޮތެއް ނޭނގިގެން މި ކަންތައް ސާފުކުރުމަށް އެޕޮއިންޓްމަންޓަކަށް އެދުމުން އެޕޮއިންޓްމަންޓުވެސް ދީފައިނުވާކަމަށެވެ.

މިކަމާއި ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނެފައިވަނީ ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ އެކު، މުވައްޒަފުން ވެސް ހެލްތުގެ ދަށަށް ބަދަލުކުރީ ކަމަށެވެ.