English Edition
Dhivehi Edition
ފޮޓޯ: ރޮޒައިނާ ޓްވިޓަރ

އަންހެނުންގެ ރޫހުގެ ރައީސްކަން ލިބިއްޖެ ނަމަ ސިޔާސީ ދާއިރާއަށް އަންހެނުން ނެރުމަށް އިސްކަންދެއްވާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އަންނަ އޭޕްރިލް މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެކި މަގާމުތަކަށް މީހުން ހޮވުމުގެ އިންތިޚާބުގެ ފޯރި ގަދަވެފައިވާ އިރު، އަންހެނުންގެ ރޫހުގެ ރައީސްގެ މަގާމަށް ވާދަކުރައްވަނީ ރޮޒައިނާ އާއި ސަފާތު އަހުމަދެވެ.

ރޮޒައިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ އެންމެ ބޮޑު ބޭނުމަކީ ސިޔާސީ ދާއިރާއަށް ނުކުންނަން ބޭނުންވާ އެމްޑީޕީގެ އަންހެނުން ދެނެގަތުން ކަމަށެވެ. އަދި އެމީހުން އެކަމަށް ތައްޔާރުކޮށް ފުރުސަތު ހޯދައި ދިނުން ކަމަށެވެ.

އޭނާ ވިދާޅުވީ ރޫހުގެ ރައީސް ކަމަށް އިންތިޚާބު ވެއްޖެ ނަމަ އެންމެ އިސްކަން ދޭނީ މި މަސައްކަތަށް ކަމަށެވެ.