ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ބާތިލް ކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
މި މައްސަލަ އިސްތިއުނާފު ކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހައިކޯޓަށް ހުށަހަޅާފައިވާއިރު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ، އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ބޭއްވި ޝަރީއަތް ކުރިޔަށް ގޮސްފައި ވަނީ ގާނޫނާ އެއްގޮތަކަށް ނޫންކަމަށެވެ.
އަދީބުގެ ދައުވާތައް ބާތިލުކުރި މައްސަލަ އިސްތިއުނާފަށް ހުށަހަޅައިފި
އިއްޔެ ކްރްމިނަލް ކޯޓުން އަދީބަށް ދައުލަތުން ކުރާ ހުރިހާ ދައުވާތައް ބޭރުކޮށްލާފައިވާއިރު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ހަތް ދައުވާއެއް ދައުލަތުން ވަނީ ކޮށްފައެވެ. އަދި އެ ދައުވާތަކަށް އިއުތިރާފްވުމުގެ އެއްބަސްވުމެއް އަދީބާއި ދައުލަތާ ދެމެދު ވަނީ ހަދާފައެވެ. އަދި މި އެއްބަސްވުންތައް ހަދަން ހުށަހެޅުއްވީ އަދީބު ކަމަށް ދައުލަތުން ބުނެފައިވާއިރު މި ހަފްތާގެ އާދީއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި އަދީބު ވިދާޅުވީ އޭރު އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އޭނާ ޖަލުގައި ހުންނެވިއިރު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވާނެ ކަމަށް އޭރުގެ ޕްރޮސެކިއުޓާ ޖެނެރަލް އާއި އޭރުގެ ފުލުހުންގެ އިސްވެރިން ޔަޤީންކަން ދިނުމުން ކަމަށެވެ.