English Edition
Dhivehi Edition
4 މަސް ކުރިން
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް - ފޮޓޯ: ރައީސް އޮފީސް

ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޞްދީޤު ކުރައްވައިފިއެވެ. މި ބިލަކީ 2020 އޮގަސްޓު 31 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި ގުޅިގެން އެފަރާތްތަކަށް ޤާނޫނު އަސާސީންނާއި ޤާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރާނީ ތަޢައްސުބުން އެއްކިބާވެހުރެ މިނިވަންކަމާއިއެކު މަސްއޫލިއްޔަތު އަދާކުރުމަށް މިހާރަށްވުރެ ބޮޑަށް މަގުފަހިވެގެންދާނެއެވެ.

Advt

Advertisement

ހަމަ އެއާއެކު މި ބިލުގައި ޕްރޮސިކިއުޓަރ ޖެނެރަލް ޒިންމާ އަދާކުރުމުގައި ހިފަހައްޓަންޖެހޭ ހަމަތަކާއި، އިތުރު ވަޒީފާ އަދާނުކުރުމާއި، އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއް ނުކުރުމަށާއި، މަޞްލަޙަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުމަށާއި، ސިޔާސަތުތައް އެކަށައެޅުމަށާއި، ސުލޫކީ ހަމަތަކާއި ޚިލާފުވުން ފަދަ ކަންކަމުގައި އަމަލުކުރާނެ ގޮތް އެކުލެވިގެންވެއެވެ.

މީގެ އިތުރުން މާލީ ހިސާބު ހުށަހެޅުމަށާއި ސުލޫކީ ހަމަތަކާއި މުވައްޒަފުން ޚިލާފުވުމުން ޢަމަލުކުރާނެ ގޮތުގެ ތަފްޞީލު ވެސް މި އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤު ކުރެއްވުމާއި ގުޅިގެން، މި ބިލު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ.