ސުޝާންތު ސިންހް ރާޖްޕުތްގެ މޮޅު ހުނަރު އެންމެ ފަހު ފަހަރަށް ބޮޑު ސްކްރީން ބަލާލަން ބޭނުންކަމަށް ބުނެ، އޭނާގެ އެންމެ ފަހުގެ ފިލްމު “ދިލް ބޭޗާރާ” ސިނަމާތަކުގައި އަޅުވުމަށް އޭނާ ފޭނުން އެދެންފަށައިފިއެވެ.
ސުޝާންތު އެންމެ ފަހުން ކުޅުނު ދިލް ބޭޗާރާ މިދިޔަ މެއި މަހު ސިނާމާތަކުގައި އަޅުވަން ނިންމި ނަމަވެސް އިންޑިއާ ލޮކްޑައުން ކުރުމާއި ގުޅުން އެންމެ ފަހުން ފިލްމު ރިލީޒްކުރަން ނިންމީ ހޮޓްސްޓާގަ އެވެ. މި ކަމާއި ގުޅިގެން އޭނާއަށް ތާއިދުކުރާ ފަރާތްތަކުން އެ ފިލްމު ބޮޑު ސްކްރީންގައި އެޅުވުމަށްޓަކައި ކެމްޕެއިނެއް ފަށާފައިވާއިރު އޭނާގެ ފޭނުން ބުނީ ސުޝާންތަކީ އަބަދުވެސް ސިނަމާތަކަށް ލޯބިކުރާ މީހެއް ކަމަށެވެ. އަދި އޭނާގެ ފަހު ފިލްމު ސިނަމާތަކުގައި އެޅުވުމަކީ އޭނާއަށް ދެވޭނެ އެންމެ ފަހުގެ ހަދިޔާ ކަމަށާއި އެއީ އޭނާއަށް ދެވޭ ޓްރިބިއުޓެއް ކަމަށްވެސް ފޭނުން ވަނީ ބުނެފައެވެ. މީގެ އިތުރުން ސުޝާންތު އަށް ތާއިދުކުރާ ފަރާތްތަކުން ބުނެފައިވަނީ މި ފިލްމު އޯޓީޓީކޮށް ރިލީޒް ކުރުމަކީ އިންސާފަކަށް ނުވާނެ ކަމަށާއި ސިނާމާތައް އަލުން ހުޅުވުމަށް ކިތަންމެ ގިނަ ދުވަސްތަކެއް ނެގި ނަމަވެސް އިންތިޒާރުކުރާނެކަމަށެވެ
Fault in Our Stars the movie itself was such an emotional one that touched all our hearts and made us cry. Maybe, the least we could all do for dear Sushanth is to watch his last movie,i.e, the remake of FIOSin the theatre. With the trend, #DilBecharaOnBigScreen #RIPSushanth
— Jonah Abraham (@tweetwithjonah) June 16, 2020
އެންމެ ފަހު ފަހަރަށް ސުޝާންތު ބޮޑު ސްކްރީނުން ބަލާލަން އެދޭ މީހުން އެ ފިލްމު ސިނަމާތަކުގައި އެޅުވުމަށް އާދޭސްކުރަމުން އަންނައިރު އަދި މި ފިލްމުގެ ޕްރޮޑެކްޝަން ޓީމުން މިކަމާއި ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެެވެ.
#DilBecharaOnBigScreen. It’s our final chance to watch Sushant exhibit his incredible & unsung talent on celluloid. I think he deserves that at least, an OTT release won’t do justice to him. No matter how long it takes for cinemas to re-open, I will wait for it. pic.twitter.com/GUC691U68D
— Anuj Radia (@TheAnujRadia) June 15, 2020
2014 ވަނަ އަހަރު ނިކުތް ހޮލީވުޑް ފިލްމު، “ދަ ފޯލްޓް އިން އަވާ ސްޓާޒް”ގެ ހިންދީ ރީމޭކް “ދިލް ބޭޗާރާ”ގައި ސުޝާންތު އާއެއްކޮށް ހަރަކާތްތެރިވަނީ ސަންޖަނާ ސަންގީ އެވެ. މި ފިލްމަކީ ކެންސަރު ބަލިޖެހިފައިވާ ދެ ޒުވާނުންގެ މެދުގައި ހިނގާ އަސަރުގަދަ ލޯބީގެ ހާދިސާތައް ދައްކައިދޭ ފިލްމެކެވެ.
ޖެކްލިން ފެނަންޑޭޒާއި ސުޝާންތުގެ މޮޅު ހުނަރު ފެނިގެން ދިޔަ “ޑްރައިވް” ވެސް ބޮޑު ސްކްރީންގައި އަޅުވާފައިނުވާއިރު އެ ފިލްމުވެސް ދޫކޮށްލާފައިވަނީ ނެޓްފްލިކްސް އަށެވެ.