English Edition
Dhivehi Edition

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުއާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސެއިންއަށް އެމްޑީޕީ އެކްޓިވިސްޓަކު ހަމަލާދިން ކަމަށް ރައީސް ވަހީދު ވިދާޅުވެއްޖެ އެވެ.

ޑރ. ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނާއި އަނބިކަނބަލުން މިއަދު ފަތިހު މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ކަސްރަތު ކުރައްވަން އުޅުއްވަނިކޮށް އެ ދެކަނބަލުންނަށް ހަމަލާދީފައިވާ ކަމަށެވެ.އަދި އެކަން ކުށްވެރި ކުރައްވާ ރައީސް ވަހީދު ވިދާޅުވީ އެ ވަގުތު އުސްފަސްގަނޑު ސަރަހައްދުގައި ކަސްރަތު ކުރަން ތިބި މީހުންނަނަށްވެސް މި މަންޒަރު ފެންނާނެކަމަށެވެ،

ޑރ. ވަހީދުގެ ދެކަނބަލުންނަށް ހަމަލާދީފައިވަނީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށް ވިދާޅުވެފައިވާއިރު އެ ދިން ހަމަލާގެ ތަފްސީލެއް ޑރ. ވަހީދު ސާފުކޮށްދެއްވާފައެއް ނުވެއެވެ.